މިއަހަރުގެ ހައްޖުމަހާއި ކުރިއަށް އޮތް އަޟްހާ ޢީދަށް ހާއްސަ ކޮށްގެން ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސްއިން ހާއްސަ ޕްރޮމޯޝަންތަކެއް ފަށައިފި އެވެ.

ވަތަނިއްޔާ ޢީދު ސަޕްރައިޒްގެ ތަފާތު އެތައްގިނަ އިނާމު ތަކެއް ލިބުމުގެ ފުރުޞަތު ލިބިގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް #999* އަށް ގުޅުއްވައިގެން އިނާމުގެ ގޮތުގައި އައިފޯނު 5 އެސް އާއި އައިޕެޑް މިނީ އާއި ހިލޭ ކްރެޑިޓް އާއި ހިލޭ މިނެޓް އަދި އެސްޓިއޯގެ ހެޔޮއެދުންތަކާ އެކީ ޕިލިޕްސް ބްރޭންޑްގެ ރޭޑިޔޯ ކްލޮކް އަދި ޕިލިޕްސް ސައުންޑްޝޫޓާސް ވެސް އިނާމުގެ ގޮތުގައި ލިބިގެންދާނެ ކަމަށް އެކުން ފުނިން މައުލޫމާތުދެ އެވެ. އަދި މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ އަށް ވަނަ ދުހުގެ ނިޔަލަށެވެ.

ޙައްޖު މަހަށް ހާއްސަ އައިޑީޑީ ރޭޓް ވަތަނިއްޔާގެ އެންމެ އަގުހެޔޮ އައިޑީޑީ މެދުވެރިކޮށް އާއިލާގެ ބޭފުޅުންނަށް މި ޙައްޖުމަހު ސައޫދީ އަރަބިއްޔާއަށް 1.88ރ އަށްގުޅާލެވޭނެ ކަމަށާއި އެނަންބަރުގެ ކުރިޔަށް 966+011 ޖައްސަވައިގެން ގުޅުއްވުމުން އެރޭޓުގައި ގުޅޭނެ ކަމަށް ވަތަނިއްޔާއިން ބުންޏެވެ. އަދި އެ ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ނިލަޔަލަށެވެ.

މީގެއިތުރުން ވަތނިއްޔާއިން ބުނީ، ރީތިޓިއުންސްގެ ހިދުމަތް މިހާރު އެއްވެސް މަހުފީއަކާއި ނުލާ ހަމައެކަނި އެކްޓިވޭޝަން ފީއަކާއެކު ބޭނުން ކުރެވޭ ކަމަށެވެ. އަދި ރީތި ޓިއުންސް މެދުވެރިކޮށް އީދުގެ ތަހުނިޔާ ލަވަތައް ހޯދެއްވުމަށް SEARCH T LIKE EID ޖެއްސުމަށްފަހު 4546އަށް އެސްއެމްއެސް ކުރުއްވުމުން އީދުގެ ތަހުނިޔާގެ ލަވަތަކުގެ ޓިއު ންއައިޑީގެ މައުލޫމާތު ލިބޭނެ ކަމަށް ވަތަނިއްޔާއިން ބުންޏެވެ.