22 Mar 2010, 12:19
14:30
އެސްޓީއޯ އިން ވިއްކާ ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި މިއަދުން ފެށިގެން ބޮޑު ބޮޑުކޮށްފި އެވެ.
އެސްޓީއޯ ބުނީ އެ ކުންފުނިން ވިއްކާ ޑީސަލްގެ އަގަށް މިއަދުން ފެށިގެން ބަދަލު ގެނެސް، މިހާރު ޑީސަލް ލީޓަރެއް ވިއްކާ އަގަކީ ލިޓަރެއް ނުވަ ރުފިޔާ ތިރީސް ދެ ލާރި ކަމަށާއި ޕެޓްރޯލް ލީޓަރެއް ވިއްކާ އަގަކީ ދިހަ ރުފިޔާ ފަސް ލާރި ކަމަށެވެ. އަދި މި ބަދަލު ގެންނަން ޖެހުނީ އެސްޓީއޯ އިން ގެނެސްފައިވާ ޑީސަލާއި ޕެޓްރޯލް ޝިޕްމަންޓުގެ އަގަށް އައިސްފައިވާ ބަދަލަކާ ގުޅިގެން ކަމަށްވެސް އެކިންފުނިން ބުނެ އެވެ.
އެސްޓީއޯ އިން ވިއްކަމުންދާ ޑީސަލްގެ އަގު މީގެކުރިން ހުރީ އަށް ރުފިޔާ ފަސް ދޮޅަސް ދެ ލާރި އަށް. އަދި ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ ނުވަ ރުފިޔާ ހަތްދިހަ ފަސް ލާރި އަށެވެ. މިއީ އެސްޓީއޯ އިން މިއަހަރުގެ ތެރޭގައި ޑީސަލްގެ އަގަށް ބަދަލު ގެނައި ދެވަނަ ފަހަރު އަދި ޕެޓްރޯލްގެ އަގަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.