ފުލެޓް ސަރަހައްދުން އަމީނީމަގުގައި މީހަކަށް ތޫނުއެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މާލެ ހިޔާ ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލުމާ ގުޅިގެން ޒަޚަމްވި މީހާ އަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ބުނީ މިރޭ 12:25 އެހާކަންހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ ވަޅި ޖަހަފައި ވަނީ އެ މީހާގެ މެޔަށް ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފުލުހުންގެ ޖިޕެއްގައި ކަމަށް ވެސް އެމީހާ ބުންޏެވެ. ނަމަވެސް ޒަޚަމްވި މީހާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތު އައިޖީއެމްއެޗުން ވަނީ ލިބޭ ގޮތް ނުވެފަ އެވެ.