07 Oct 2013, 16:21
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓުގައި ދައުވާ ކުރި މައްސަލައިގެ ޝަރީއަތް ނިންމައި، މިއަދު މެންދުރު ފަހު ހުކުމް ކުރަން ޝެޑިއުލްކޮށް، އަދި ހަވީރަށް ފަސް ކުރި ހުކުމް އިއްވުން މިރޭ 8:00 އަށް ފަސްކޮށްފި އެވެ.
އިންތިހާބުގެ ހުކުމް އިއްވުން އެންމެ ފުރަތަމަ ޝެޑިއުލް ކުރީ މިއަދު މެންފުރުފަހު 2:30 އަށެވެ. އޭގެ ފަހުން މިއަދު ހަވީރު 5:00 އަށް ޝަރީއަތް ފަސް ކުރުމަށްފަހު، އަނެއްކާ ވެސް ވަނީ މިރޭ 8:00 އަށް އިންތިހާބުގެ ހުކުމް އިއްވުން ފަސްކޮށްފަ އެވެ.
ދެ ފަހަރެއްގެ މަތިން އިންތިހާބުގެ ޝަރީއަތުގެ ހުކުމް ލަސް ކުރި ސަބަބެއް ސްޕްރީމް ކޯޓަކުން ހާމައެއް ނުކުރެ އެވެ.