"ކުއީން އޮފް ދަ ނައިޓް" އިމާރާތަކަށް ހަ މީހުންގެ ގްރޫޕަކުން މޫނު ނިވާކޮށްގެން ވަދެ، ރާއްޖެ ޓީވީ ސްޓޭޝަންގެ ތެރެއަށް ޕެޓްރޯލް އަޅައި ރޯކޮށްލި ވީޑިއޯ އެ ސްޓޭޝަނުން މިއަދު އާންމުކޮށްފި އެވެ.

ރާއްޖެ ޓީވީގައި ރޯކޮށް، އަންދާލިތާ، 10 ގަޑިއިރު ފަހުން އެ ސްޓޭޝަންގެ ޓްރާސްމިޝަން އަލުން ފެށުމަށް ފަހު މިއަދު މެންދުރު ފަހު އެ ސްޓޭޝަނުން އާންމު ކުރި ވީޑިއޯ އިން ފެންނަ ގޮތުން "ކުއީން އޮފް ދަ ނައިޓް" އިމާރާތުގެ ދެ ވަނަ ބުރީގައި ހިންގާ ރާއްޖެ ޓީވީ އަށް ހަ މީހުންގެ ގްރޫޕުން ވަދެފައި ވަނީ ކަތިވަޅިއާއި ޕެޓްރޯލް ހިފައިގެންނެވެ. ރާއްޖެ ޓީވީ އަށް އެ މީހުން ވަނީ ދަގަނޑުން ޖަހާފައިވާ ތޭރި ދޮރެއް ހަރާކުކޮށްލައިގެންނެވެ. ދަގަނޑު ދޮރު ހަލާކުކޮށްލުމަށް ކަތިވަޅި އާއި ދަގަނޑު ބުރި ބޭނުން ކުރި އެވެ.
http://www.sun.mv/albums/l_20515.jpg
ކަތިވަޅިއާއި ދަނގަޑު ބުރިއަކުން ތަޅައިގެން ވެސް ދޮރު ހަލާކު ނުވުމުން އަތުން ފިހައި، "ތަޅުވައިގެން" ދަގަނޑު ތޭރިން ދޮރު ހަލާކުކޮށްލަ އެވެ. އަދި ލަކުޑި ދޮރެއްގައި ފައިން ތަޅައި، ސްޓޭޝަންގެ ތެރެއަށް ވަދެ އެވެ. ސްޓޭޝަނަށް ގެއްލުންދޭތަން އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓަން ހުންނަ ބިދޭސީ އަށް އެ ގްރޫޕުން ދައްކަ އެވެ. އަދި އޭނާގެ ކަރުގައި ކަތިވަޅިއަކުން ޖައްސަ އެވެ.
http://www.sun.mv/albums/l_20516.jpg
ސްޓޭޝަންގެ އެތެރޭގައި ހަރުކޮށްފައި ހުރި ކެމެރާ އިން ފެންނަ އޮންއެއާ އޮޕަރޭޓް ކުރާ ސްޓޫޑިއޯއެއްގެ ޕެޓްރޯލް އަޅާލާތަން ފެނެ އެވެ. އެއަށް ފަހު އެތަނުން ނުކުންނަމުން އެކަކު އެތަނުގައި ރޯކޮށްލުމުން މުޅި ސްޓޭޝަނަށް އަލިފާންގަނޑު ފެތުރިގެންދާތަން ވެސް ފެނެ އެވެ.

ރާއްޖެ ޓީވީން އާންމު ކުރި ވީޑިއޯ އިން ދައްކަނީ ދެ ތަނެއްގައި ހަރުކޮށްފައި ހުރި ސީސީޓީވީ ފުޓޭޖުތަކެވެ. އެއީ އިމާރާތުގެ ދެ ވަނަ ބުރީގެ ލިފްޓު ކައިރީގައި ހަރުކޮށްފައި ހުރި ސީސީޓީވީގެ ފުޓޭޖާއި ރާއްޖެ ޓީވީގެ އެތެރޭގައި ހަރުކޮށްފައި ހުރި ސީސީޓީވީ ފުޓޭޖުގެ ވީޑިއޯ އެވެ.

ލިޔުމާ ގުޅޭ ވީޑިއޯ:
http://www.youtube.com/watch?v=T6Wffw5SYlA