ސޮނީގެ "ސޮނީ އެކްސްޕީރިޔާ ޒެޑް ވަން" ފޯން ރީފްސައިޑުން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.

މިރޭ އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ހަފްލާއެއްގައި ތައާރަފު ކުރި ސޮނީ އެކްސްޕީރިޔާ ޒެޑް ވަންގެ ފޯނުގެ ޑިސްޕްލޭ އަކަށް ބޭނުންކޮށްފައި ވަނީ ޓްރައިލޫމިނަސް ޑިސްޕްލޭ އެކެވެ. އެ ފޯނުގައި 20.7 މެގަޕިކްސަލް ކެމެރާއެއް ވެސް ހިމެނެ އެވެ.

އެލްމިނިއަމް ބޮޑީއެއް އިންނަ އެ ފޯނަކީ އެއް މީޓަރު އަޑިއަށް ދިޔަޔަސް، ގެއްލުން ނުވާ ގޮތަށް ހަދައިފައިވާ ވޯޓާޕްރޫފް އަދި 30 މިނިޓް ވަންދެން ފެނުއަޑީގައި ގެންގުޅެވޭ ގޮތަށް ޑިޒައިންކޮށްފައިވާ ފޯނެއް ކަމަށް ރީފްސައިޑުން ބުންޏެވެ.

ރާއްޖޭގެ ބާޒާރުގައި އެ ފޯން ވިއްކާނީ 13900 ރުފިޔާ އަށެވެ.