06 Oct 2013, 23:28
އެމްޑީޕީން ރޭ ކުރި މުޒާހަރާގައި ގެންގުޅުނު ޕިކަޕުން ލަޓިބުރިއާއި އެހެނިހެން ހަތިޔާރު ފެނިފައިވާތީ 3000ރ. އިން އެ ޕިކަޕްގެ ވެރިފަރާތް ޖޫރިމަނާ ކޮށްފި އެވެ.
ރޭގެ މުޒާހަރާގައި އެ ޕިކަޕާއި އެކު ދިޔަ ބަޔަކު ވަނީ ލަޓިބުރި ބޭނުންކޮށްގެން ފުލުހުންނަށް ބިރުދައްކައި ބައެއް ފުލުހުންނަށް ހަމަލާދީފަ އެވެ.
އެ ޕިކަޕް ޖޫރިމަނާކޮށްފައި ވަނީ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ޕިކަޕް ދުއްވާފައިވައި، ދަތުރުފަތުރުގެ ގާނޫނާ ޚިލާފުވެފައިވާތީ ކަމަށް ފުލުހުން ބުންޏެވެ.
ލަޓިބުރިން ބިރުދެއްކުމަށްފަހު ބައެއް ފުލުހުންނަށް ހަމަލާދިން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގެ ތުހުމަތުގައި ރޭ ހައްޔަރު ކުރި މީހުންގެ ތެރެއިން އަށް މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން މިއަދު ވަނީ އިތުރުކޮށްފަ އެވެ.