06 Oct 2013, 19:52
އެމްޑީޕީން ރޭ މާލޭގައި ކުރި މުޒާހަރާގައި ފުލުހުންނަށް ބިރުދައްކައި ހަމަލާދިނުމަށް ފަހު ޗާންދަނީމަގާއި އޯކިޑުމަގު ގުޅުނު ކަންމަތީގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ބަހައްޓާފައި ހުރި ސީސީޓީވީ ކެމެރާ އަށް ގެއްލުންދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި 12 މީހުންގެ ތެރެއިން އަށް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
މިއަދު ބަންދުގެ މުއްދަތު އިތުރު ކުރި މީހުންނަކީ ޏ. ފުވައްމުލައް، ދަޑިމަގު، ދަނޑިމަގުގޭ، އިބްރާހީމް އަބްދުއްރަހުމާން،29، އާއި ހއ. ހޯރަފުށި، ޑީންސްވިލާ ހާޝިމް މުހައްމަދު،35، އާއި ފ. ބިލެއްދޫ، ހިމާލިޔާ އިސްމާއީލް މުފީދު،46، އާއި އދ. ފެންފުށީ ޒަމާނީވިލާ އަހްމަދު މުހައްމަދު،42، އާއި ސ. މަރަދޫ މޯނިންގްރޯރީ އަބްދުލްހާދީ،57، އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރި މ. ޖަރީމާގޭ، އަބްދުﷲ ޖާވިދު،36، އާއި ނ. މާފަރު، އަލަނާސިގޭ، ޝާހިދު އަލީ،35، ގެ އިތުރުން ސ. މީދޫ، މީރާޒް މުހައްމަދު ޝިރާރު،34 އެވެ.
އެ މީހުންގެ ތެރެއިން އިބްރާހީމް އަބްދުއްރަހުމާނު ވަނީ ފަސް ދުވަހަށް ގޭބަންދަށް ބަދަލުކޮށްފަ އެވެ. ހާޝިމް މުހައްމަދު އާއި އިސްމާއީލް މުފީދު އާއި އަހްމަދު މުހައްމަދު އާއި އަބްދުލްހާދީ އާއި އަބްދުﷲ ޖާވިދުގެ އިތުރުން މުހައްމަދު ނިޔާޒް އާއި މުހައްމަދު ޝިރާރުގެ ބަންދުގެ މުއްދަތު ވަނީ 10 ދުވަހަށް އިތުރުކޮށްފަ އެވެ. ޝާހިދު އަލީގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ 15 ދުވަހަށެވެ.
މުއްދަތު އިތުރުނުކޮށް ކޯޓުން ދޫކޮށްލާފައި ވަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ގަދަގޯޅިމާގެ މުހައްމަދު ނިޔާޒް،43، އާއި ނ. މިލަދޫ، ފެހިވިލާގޭ މުހައްމަދު އިބްރާހީމް،53، އާއި ގދ. ތިނަދޫ، އޯކިޑްވިލާ މުހައްމަދު ޒާހިރު،39، ގެ އިތުރުން ކ. ގުރައިދޫ، ފައިވްރޯސް އިބްރާހީމް ޝާޒް،32، އވެ.