06 Oct 2013, 16:03
ސީރިއާގައި ހުރި ގެއްލުންދެނިވި ކެމިކަލް ހަތިޔާރުތައް އދ. އިން އެކުލަވައިލި ގަރާރެއްގެ ދަށުން ނައްތާލުމުގެ މަސައްކަތް ފަށައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުން ސީރިއާގައި ހުރި ގެއްލުންދެނިވި ކެމިކަލް ހަތިޔާރުތައް ނައްތާލުމުގެ މަސައްކަތް ފަށާފައި ވަނީ އެކަމާ ގުޅޭ ގޮތުން ރަޝިއާ އާއި އެމެރިކާއާ ދެމެދު އެއްބަސް ވުމަކަށް އާދެވުމަށް ފަހު، އދ. އިން ފާސްކުރި ގަރާރެއްގެ ދަށުން ނެވެ.
ކެމިއަލް ހަތިޔާރުތައް ނައްތާލުމުގެ މަސައްކަތް ކުރާނީ ބައިނަލްއަގްވާމީ ޖަމާއަތެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް ދި ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިޔު)ގެ ތަޖުރިބާކާރުންނެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާނީ އދ. އިން އެކަމަށް ކަނޑައަޅާފައިވާ އިމުގެ ތެރެއިންނެވެ.
ސީރިއާގައި ހުރި ގެއްލުންދެނިވި ކެމިކަލް ހަތިޔާރުތަށް ނައްތާލުމުގެ ބަހުސު ފެންމަތިވީ، ހުސްވި އޯގަސްޓް ގައި އެގައުމުގެ ވެރިރަށް ދިމިޝްގުގެ ކައިރީގައި ނިއުކުލިއާ ހަމަލާތަކެއް ބަދަލުކުރެވި އޭގެ ސަބަބުން އެތަކެއް ސަތޭކަ ބަޔަކު މަރުވި ހާދިސާއަށް ފަހު އެވެ.
ދިމިޝްގުގައި ދެވުނު ނިއުކުލިއާ ހަމަލާގެ ޒިންމާ، ހުޅަނގުގެ ބައެއް ގައުމުތަކުންނާއި އެމެރިކާއިން ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ އިސްތަށިފުޅުގައި އަޅުވަމުން ގެންދާއިރު އޭނާ ވިދާޅުވެފައިވަނީ އެހަމަލާތަކުގެ ފަހަތުގައި ތިބީ އެގައުމުގައި ހަނގުރާމަ ކުރަމުންގެންދާ ބާޣީ ޖަމާއަތްތައް ކަމަށެވެ.