06 Oct 2013, 12:20
ސިހުރެއް ކަމަށް ބެލެވޭ އެއްޗެއް ގަލޮޅު ކަންމަތިން ފެނިއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު 10:30 ހާއިރު ސިހުރެއްކަމަށް ބެލެވޭ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެއީ ކޮންއެއްޗެއް ކަމެއް އަދި ޔަގީން ނުވާކަމަށާއި އެކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
ސަންއާ ވާހަކަ ދައްކަމުން އެ ސަރަހައްދުގައި އުޅޭ މީހަކު ބުނީ އެ އެތި އެތަނުގައި ހުންނަތާ ތިން ދުވަސް ވެފައިވާ ކަމަށެވެ.
ދެބައި ހަމައަށް ފަޅާލާފައި އޮތް ފުޅިއެއްގެ އެއް ކިބައަށް ހުރީ ވެލި އަޅާފައެވެ. ބޮޑު ސައިޒުގެ ފުޅިއެއްގެ އެކިބައަށް އަޅާފައި ހުރި ވެއްޔަކީ ގަބުރުސްތާނުން ނަގާފައިވާ ވެލި ކަމަށް ބެލެވެއެވެ.
ވެލިތަކުގެ މަތީގައި ލައްކަ ގިނަ ސާމާނު ހުއްޓެވެ. އޭގެ ތެރޭގައި ހިންދޫއިން އެމީހުންގެ ފައްޅިތަކަށް ގޮސް ، ކިޔެވެލިތައް ކިޔަވައިގެން ގެންނަ ޒާތުގެ ލުނބޯ މިރުސް ފައްޗެއް ހިމެނެއެވެ. ދެން އޮތީ ދެލިން އަކަކުރަހާފައިވާ ކުކުޅު ބިހެކެވެ. ކަށި ގަސްގަހުގެ ކަށްޓާއި ދުންދަނޑިވެސް ހުއްޓެވެ.
މިދިޔަ މަހުގެ ތެރޭގައި ބައެއް ރަށްރަށުން ވެސް ސިހުރު ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވެ އެވެ.