06 Oct 2013, 11:19
ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ރ. އަލިފުށީގައި ފެންމަތިވި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ މެންދުރު 1:30 ހާއިރު ކަމަށް ފުލުހުން ވަނީބުނެފަ އެވެ.
ފުލުހުން ބުނީ 14 އަހަރުގެ އަންހެން ކުއްޖަކާ އެކު ބަދުއަޚުލާގީ އަމަލު ހިންގައިގެން 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރި ކުޑަ ފިރިހެން ކުއްޖާ ވަނީ އެ އަތޮޅު އުނގުފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފަ އެވެ.
އަދި އެ ފިރިހެން ކުއްޖާއަކީ އެ އަތޮޅު އެހެން ރަށެއްގެ ކުއްޖެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.