06 Oct 2013, 11:11
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ޓުވިޓާ އެކައުންޓެއް ކަމަށް ބުނެ، ދައުރުކޮށްފައިވާ ޓުވީޓަކީ ދޮގެއް ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޔާމީންގެ ފޭކް ޓުވިޓާ އެކައުންޓެއް ބޭނުންކޮށްގެން ދައުރުކޮށްފައި ވަނީ ކޮން ޓުވީޓެއްކަމެއް ނޭނގެ އެވެ.
ޔާމީންގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވީ ޔާމީންގެ އަމިއްލަ އެއްވެސް ޓުވިޓާ އެކައުންޓެއް މިއަދާ ހަމައަށް ނޯންނާނެ ކަމަށެވެ.
އަދި ޔާމީންގެ ފަރާތުން މީޑިއާ އާއި ނުވަތަ އާންމުންނާ ހިއްސާ ކުރަން ބޭނުންވާ ވާހަކަތަކާއި ޚަބަރުތައް ފޯރުކޮށްދޭނީ ތަރުޖަމާނުގެ ހައިސިއްޔަތުން މުއާޒު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.