06 Oct 2013, 10:12
އެމްޑީޕީން ރޭ މާލެގެ އެކި ސަރައްދުތަކުގައި ކުރަމުން ދިޔަ މުޒާހަރާގައި 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އަމުރަށް ނުކަމަންތެރިވެ، މަގުމަތީގެ އަމާންކަން ނަގާލަން މަސައްކަތްކުރަމުން ދަނިކޮށް ރޭ ހައްޔަރުކުރި މީހުން އަދި ދޫކޮށްލާފައިވާ ކަމެއް ފުލުހުން ނުބުނެ އެވެ.
ރޭ މާލެގެ އެކި ސަރައްދުތަކަށް ބަހާލައިގެން ކުރަމުން ދިޔަ މުޒާހަރާ ލަޓިބުރި އާއި ހެލްމެޓު އަޅައި، މޫނު ނިވާކޮށްގެން ފުލުހުންނާ ކުރިމަތިލުމަކަށް ދާން އުޅެނު ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ޗާންދަނީމަގު، ދިރާގު ޓްރެފިކް ލައިޓް ކައިރީގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމަރާއަކަށް ލަޓިބުރިން ތަޅައި ހަލާކުކޮށްލާފައިވާ އިރު އެ ކެމެރާ ހަލާކުކޮށްލި މީހަކު ހޯދަން ފުލުހުން ވީޑއޯއެއް ވަނީ އާންމުކޮށްފަ އެވެ.
ރޭ 12:00 ފަހުން ވެސް މާލެގެ އެކި ސަރައްދުތަކުގައި ވަނީ އެއްވެ މުޒާހަރާކޮށްފަ އެވެ.