ކާބުލް (އޮކްޓޯބަރ 6): އަފްޣާނިސްތާނަށް އަރައި ހަނގުރާމަކުރަމުން ގެންދާ ނޭޓޯ ސިފައިންގެ ތެރޭގައި ހިމެނޭ އެމެރިކާ ސިފައިންދިން ވައިގެ ޙަމަލާތަކެއްގައި އަފްޣާން އާންމުންގެ ފަސް މީހަކު މަރުވެއްޖެ އެވެ.

އަފްޣާން ސަލާމަތީ ބާރުތަކުން މިކަން ކަށަވަރުކޮށްދީފައިވާ އިރު އެގައުމުގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ނަންގަހާރު ސްޓޭޓްގެ މަސްއޫލުވެރިއެއް ކަމަށްވާ އަހްމަދު ޒިޔާ އަބްދުލްއަޒީޒް ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިންގެ މިހަމަލާތައް އަމާޒުކޮށްފައި ވަނީ ނަންގަހާރުގެ ޖަލާލްއާބާދުގެ ކައިރީގައި ކުދިންތަކެއް ކުޅެން ތިބި ސަރަހައްދަކަށެވެ. އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ދިން ޙަމަލާތަކުގައި މަރުވި މި ފަސް މީހުންގެ ތެރެއިން ތިން މީހުންނަކީ 12 އަހަރާއި 18 އަހަރުގެ ކުދިން ކަމަށާ އަނެއް ދެމީހުންނަކީ ދެފިރިހެނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކުދިންތިބީ ދޫނިހިފާ ބަޑިހިފައިގެން ކަމަށާއެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އެކުދިންނަށް ޙަމަލާދީ މަރާލާފައި ވަނީ ދޫނިހިފުމުގެ ހަރަކާތްތަކެއްގައި އެކުދިން އުޅެނިކޮށް ކަމަށް އަބްދުލްއަޒީޒް ވިދާޅުވި އެވެ. އެމެރިކާ ސިފައިންނާ އަދި ނޭޓޯގައި ހިމެނޭ އެހެންގައުމުތަކުގެ ބާރުތަކުން އަފްޣާން އާންމުންނަށް ޙަމަލާދީ ކުށެއްނެތް މީހުންމެރުމަކީ ވަރަށް އާންމުކަމެކެވެ.
ނޭޓޯގެ ހަމަލާތަކުގައި ގިނަ އަދަދަކަށް އަފްޣާން އާންމުން މަރަމުން ގެންދާއިރު މިއީ ހަނގުރާމައިގެ ޖަރީމާކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ސިފަކުރެ އެވެ. މައްސަލާގައި ރައީސް ހާމިދު ކަރުޒާއިގެ ސަރުކާރުން ގެންދަނީ ނޭޓޯ ކުށްވެރި ކުރަމުންގެންދާތީ އަފްޣާން ސަރުކާރާއި ނޭޓޯގެ ގުޅުންތަކަށް ބުރޫއަރައި ދެފަރާތުގެ ދެމެދުގައި އިތުބާރު ކުޑަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެމެރިކާ އާއި ނޭޓޯގެ އެހެން ގައުމުތަކުން ވަނީ 2014 ވަނަ އަހަރު ނިމުމުގެ ކުރިން އަފްޣާނިސްތާނުން ފޭބުމަށް ނިންމާފަ އެވެ. (ރޮއިޓާސް)