06 Oct 2013, 01:46
ތެޔޮ ބޯޓެއްގައި މަސައްކަތެއް ކުރަން މޫދަށް ފައިބައި އުޅެނިކޮށް ގެއްލުނު ޒުވާނަކު ހުޅުމާލޭ ފަޅުތެރޭގައި މަރުވެފައި އޮއްވާ މިރޭ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދަމުން ދަނިކޮށް، ހުޅުމާލޭ ފަޅުތެރެއިން މިރޭ 11:50 ފެނިފައި ވަނީ ނ. މިލަދޫ ހުދުރުވާގެ، ހުސައިން އަބްދުލް ކަރީމް 22، އެވެ. ފުލުހުން ބުނީ އޭނާގެ ހަށިގަނޑު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު އެއްވެސް ހަރަކާތެއް ނެތް ކަމަށާއި އޭނާގެ މަރުވެފައިވާކަން ހުޅުމާލޭ ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ފުލުހުން ބުނީ އޭނާގެ މަރުގެ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޓީއެމްއެލްގެ ތެޔޮ ބޯޓެއްގައި މަސައްކަތް ކުރާ ޒުވާނާ ގެއްލުނީ މިއަދު ހަވީރު ބޯޓުގެ މަސައްކަތެއް ކުރަން މޫދަށް ފައިބައިގެން އުޅެނިކޮށެވެ.