އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ބާއްވައި ދިނުމަށް އެދި އެމްޑީޕީން މާލޭގައި ކުރާ ސިލްސިލާ މުޒާހަރާގައި ފުލުހުންނާ ކުރިމަތިލުމަށް ލަޓިބުރި އާއި ހެލްމެޓު އަޅައި، މޫނު ނިވާކޮށްގެން ކުރިމަތިލުމަކަށް ދާން އުޅެނިކޮށް ސަލާމަތީ ބާރުތަކުން ނުކުމެ، އެކަން ހުއްޓުވައިފި އެވެ.

މިރޭ 9:00 ޖަހާއެހާކަންހާއިރު ރާޅުގަނޑު ސަރަހައްދުން ފެށި މުޒާހަރާ މާލޭގެ އެކި މަގުތަކުން ގޮސް ސަލާމަތީ ބާރުތައް ހިމެނޭ ސަރަހައްދަށް އެއްވާން މަސައްކަތް ކުރި އެވެ. ތިން ދިމާލަކުން އެއްވާން މަސައްކަތް ކުރިއިރު، މުޒާހަރާ ހޫނުވެ، ކުރިމަތިލުމަކަށް ބަދަލުވެގެންދިޔައީ ޗާންދަނީ މަގު ދިރާގު ކަންމަތިންނެވެ.
http://www.sun.mv/albums/l_20479.jpg
އެ ދިމާލަށް އެއްވި މީހުން ވަނީ ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ފުލުހުންނާ ކުރިމަތިލުމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އެ މީހުންގެ އަތުލައި ލަކުނޑި ބުރި އާއި ގޭސް މާސްކާއި ހެލްމެޓު ވެސް ހުއްޓެވެ. އެ މީހުން ވަނީ ޗާންދަނީ މަގު، ދިރާގު ޓްރެފިކް ލައިޓް ކައިރީގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމަރާއަކަށް ލަޓިބުރިން ތަޅައި ހަލާކުކޮށްލާފަ އެވެ.
http://www.sun.mv/albums/l_20481.jpg
މިރޭގެ މުޒާހަރާގެ ތެރެއިން އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރި އަބްދުﷲ ޖާވިދު (ޖާ) ހެލްމެޓް އަޅައިގެން ފުލުހުންނާ ކުރިމަތިލާން އުޅެނިކޮށް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަފްރާހު ހަލީލް ހެލްމެޓް އަޅައިގެން އުޅެނިކޮށް ވަނީ ފެނިފަ އެވެ.

މުޒާހަރާގެ ބައިވެރިން ފުލުހުންނާއި ކުރިމަތިލައި ބޮޑު ހަމަނުޖެހުމަކަށް ދިއުމުގެ ކުރިން ސިފައިނާއި ފުލުހުން ގުޅިގެން ވަނީ ހަމަނުޖެހުން ކޮންޓްރޯލްކޮށްފަ އެވެ. އަދި ހެލްމެޓު އަޅައި، ލަނޑިބުރި ހިފައިގެން ތިބި ބަޔަކު ފުލުހުން ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން އެކަކު ރަޔަޓް ފުލުހުން ހައްޔަރު ކުރަން އުޅެނިކޮށް، އޭނާ ވަނީ ފުލުހުންގެ މޫނަށް "ކުޑި މިރުސް" ޖަހާފަ އެވެ.
http://www.sun.mv/albums/l_20484.jpg
މިރޭގެ މުޒާހަރާއަށް ސަލާމަތީ ބާރުތައް ތިބީ ވަރަށް ބޮޑަށް ތާއްޔާރުވެގެންނެވެ. އެ ގޮތުން ސްޕްރީމް ކޯޓް ހިމެނޭ ސަރަހައްދާއި ހިލާލީގޭ ސަރަހައްދާއި ޖުމްހޫރީ މާއިދާނާއި ވެލާނާގޭ ސަރަހައްދުގެ މަގުތައް ބަންދުކޮށް ފުލުހުންނާއި ސިފައިން ދަނީ އަމަން ބަލަހައްޓަމުންނެވެ.
http://www.sun.mv/albums/l_20486.jpg