ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ދެކޮޅަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު އއ. ރަސްދޫގައި ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި 14 މީހުންގެ ތެރެއިން 13 މީހެއްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފިއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި 15 މީހުންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު ހަމަނުވެއެވެ.

އެ އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ އެމްޑީޕީން އެރަށުގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުން ހިންގައި މުޒާހަރާގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގަ އެވެ.