05 Oct 2013, 10:03
ކ. މާދޫ ފިނޮޅުކައިރިން ލޯންޗެއްގައި އަލިފާން ރޯވެ އެ ލޯންޗު އަޑިއަށް ހިނގައްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު 8:30 އެހާކަންހާއިރު ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ "ސަރޫ 5" ނަމަކަށް ކިޔާ އެލޯންޗުގެ އިންޖީނުގައި އަލިފާންރީވެ މިއަދު 9:30 އެހާކަންހާއިރު ވަނީ އަޑިޔަށް ގޮސްފަ އެވެ. ފުލުހުން ވެސް ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ.
ގުރައިދޫ ކައުންސިލް މެމްބަރެއްކަމަށްވާ އަބުދުލް ލަތީފް އަހުމަދު "ސަން" އަށް ވިދާޅުވީ އޭނާއަށް އެނގިފައިވާ ގޮތުގައި އެލޯންޗުގައި ތިބީ ކައްޕިއާއި ދެ ފަޅުވެރިން ކަމަށާއި އެ ދެ މީހުން މިވަގުތުތިބީ އެރަށު ޕޮލިސް ސުޓޭޝަންގައި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެލޯންޗުގައި އެވަގުތު ތިބީ ދިވެހި ދެ ފިރިހެނުންނާއި ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި އާންމު ފަރާތެއްގެ އެހީތެރިކަމާ އެކު އެމީހުން މިވަގުތު ގުރައިދޫ ޕޮލިސް ސުޓޭޝަންގައި ތިބި ކަމަށާއި އެ ތިން މީހުންގެ ހާލުވެސް ރަނގަޅުކަމަށް ވިދާޅުވި އެވެ.
އެތަނުގައި އެމްއެންޑިއެފްއިން ހަރަކާތްތެރިވާކަމުގެ މައުލޫމާތް "ސަން" އަށް ލިބިފައިވީނަމަވެސް އެމްއެންޑީއެފްގެ ބަހެއް އަދި ލިބޭގޮތެއް ނުވެ އެވެ.