05 Oct 2013, 00:19
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އަފްޣާނިސްތާނު އަތުން 1-0 އިން ރާއްޖެ މޮޅުވެއްޖެ އެވެ.
އުރުދުންގެ އައް ޒަރްގާގެ ޕްރިންސް މުހައްމަދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގައި އަހްމަދު ރިޒްވާން އެވެ.
ކޮލިފިކޭޝަންގައި ރާއްޖެ ވާދަކުރާ ދެވަނަ މެޗުގައި އާދީއްތަ ދުވަހު ކުޅޭނީ މުބާރާތް ބާއްވާ އުރުދުންއާ ދެކޮޅަށެވެ. ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ ޔޫއޭއީއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި މިމަހުގެ 12 ވަނަ ދުވަހު ރާއްޖެ ކުޅެން ޖެހޭނީ ޔަމަނާ އެވެ.
މުބާރާތައް ފުރުމުގެ ކުރިން ގައުމީ ޓީމުގެ ކޯޗު އަހްމަދު އާތިފް (އާތީ) ބުނެފައިވަނީ މެދު އިރުމަތީ ގައުމު ތަކުގެ ޓީމުތަކަކީ ރާއްޖެއާ އަޅާ ބަލާއިރު ހުރިހާ ގޮތަކުންވެސް ވަރަށް ތަފާތު އަދި ވަރުގަދަ ޓީމު ތަކެއް ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރެވޭތޯ މަސައްކަތް ކުރާނޭ ކަމަށެވެ.
ގައުމީ ޓީމުގެ 20 ކުޅުންތެރިންގެ ސްކޮޑާއެކު ހަތް އޮފިޝަލުން ދަތުރުކޮށްފައި ވާއިރު މިފަހަރުގެ ޓީމުގައި އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ހަމަޖައްސާފައިވަނީ، ސޮބާހް މުހައްމަދު އާއި އަޙްމަދު ޝާކިރު އަދި ސުވާދު އެވެ. ޓީމުގެ މެނޭޖަރަކީ އަހްމަދު ފަޔާޒު އެވެ.
ކޮލިފައިންގައި ހިމެނޭ ނުވަ ގުރޫޕުގެ ތެރެއިން ކޮންމެ ގުރޫޕެއްގެ އެއްވަނަ އަދި، ހުރިހާ ގުރޫޕަކުން ދެވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަގައުމެއް މުބާރާތް ބާއްވާ މިޔަންމާއާ އެކު، 2014 ވަނަ އަހަރުގެ އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އަދި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ގައުމެއް 2015 ވަނަ އަހަރު ނިއުޒީލެންޑުގައި އޮންނަ 20 އަހަރުން ދަށުގެ ފީފާ ވޯލްޑްކަޕަށް ކޮލިފައިވާނެ އެވެ.
ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމް:
1- އާދަމް އިސާމް
2- އަދުހަމް އަހްމަދު ރަޝީދު
3- އަހްސަން އިބްރާހީމް
4- އަހްސަން ނައީމް
5- އަލީ އިބްރާހީމް
6- އަންސަރު އިބްރާހީމް
7- ހުސައިން އަފްސަލް
8- ހުސައިން ޝަފާއު ޔޫސުފް
9- ހުސައިން ސުހައިލް
10- އިބްރާހީމް ލަބާން ޝަރީފް
11- އިބްރާހީމް ރިޒްހާން
12- މަހްރޫސް މުޖްތަބާ
13- މުހައްމަދު ނަޒާމް
14- މުހައްމަދު ކަރަމް
15- މުހައްމަދު ސާދިން
16- މޫސާ އަރީފް
17- ނާއިލް އަލީ ނާހިދު
18- ނިހާދު ނާސިރު
19- ޝިފާން ހަސަން
20- އަހްމަދު ރިޒުވާން