05 Oct 2013, 00:02
ހދ. ނޮޅިވަރަމްފަރުގައި އަންހެން ކުއްޖަކު ދަންޖެހިގެން މަރުވެއްޖެ އެވެ.
ނޮޅިވަރަމްފަރުން ވާހަކަދެއްކި މީހަކު ބުނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖާ އޭނާ ދިރިއުޅޭ ކޮޓަރީގައި މިރޭ ދަންޖެހިފައި ހުއްޓާ ފެނުނީ އާއިލާގެ މީހަކަށް ކަމަށެވެ.
"އާއިލާގެ މީހަކަށް ފެނުނީ އަންހެންކުއްޖާ ދަންޖެހިފައި ހުއްޓާ. ދެން ގެންދިޔައީ ސިއްހީ މަރުކަޒަށް،" އޭނާ ބުންޏެވެ.
ނޮޅިވަރަމްފަރު ސިއްހީ މަރުކަޒުގެ އިސް އޮފިޝަލަކު ވިދާޅުވީ މިރޭ 9:10 އެހައިކަންހާއިރު އުމުރުން 17 އަހަރުގެ އަންހެން ކުއްޖާ އެ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.