Last Updated:
1 decade 2 year ago

މާޒިޔާ ބަލިކޮށް 11 ވަނަ ފަހަރަށް ނިއު އެފްއޭ ކަޕް ކާމިޔާބު ކޮށްފި

    ބުލޮގު ޚުލާސާ
    އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ނިއު ރޭޑިއަންޓް ސްޕޯޓް ކުލަބާއި މި މުބާރަތުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާ މެޗް މިރޭ 9:00 ޖަހާއިރު ފަށާނެ.

    މިރޭގެ ފައިނަލް މެޗަކީ ވާރަށް ފޯރިގަދަ ވެގެން ދާނެ މެޗެއް. މިރޭގެ މެޗުގައި ތަށި މާޒިޔާއަށް ދިފާއުކުރެވިއްޖެނަމަ އެކުލަބަށް މި ތަށި ހާއްސަވާ ސަބަބުތަކެއްވޭ. އެގޮތުން މިފަހަރުގެ ތަށި މާޒިޔާއަށް ކާމިޔާބު ކުރެވިއްޖެ ނަމަ އަންނަ އަހަރު އެންމެ ފުރަތަމަ ފަހަރަށް އެ ކުލަބުން ހޯދާ ބޮޑު މުބާރާތުގެ ތަށި މިލްކު ކުރަން ފުރުސަތު ލިބިގެންދާނެ.

    މިރޭގެ މެޗަށް ނިކުތުމުގެ ކުރިން ނިއުގެ ކޯޗް ޕޮޕޯފް ބުނީ، އޭނާގެ ޓީމުގެ ކުޅުންތެރިން އެހާ ފިޓް ނޫން ކަމަށާއި އެހެން ނޫނަސް ރަނގަޅު ކޮށްލަން ޖެހޭ ބައެއް ކަހަލަ ކަންތައްތަކެއް އެބަހުރި ކަމަށް.

    ނިއުއަށް ވެސް މިރޭގެ މެޗް މުހިންމުވާ ސަބަބުތަކެއް އަބަހުރި. އެގޮތުން މި މުބާރާތް ތަށި މިލްކޮކޮށްފައިވާ ހަމައެކަނި ޓީމަނީ ނިއު. މިރޭ ނިއު މޮޅުވެއްޖެނަމަ މިއަހަރު ދިވެހި ޓީމެއްގެ އަތުން ބަލިނުވެ ސީޒަން ނިންމާލަން ނިއު ކުރާ މަސައްކަތް ކާމިޔާބު ވާނެ.

    މެޗުގެ ކުރިން މާޒިޔާގެ ކޯޗް ކޯޗު އިސްމާއީލް މަހުފޫޒް ބުނީ، މެޗަށް ނިކުންނާނީ ތަށި ކާމިޔާބު ކުރަން ކަމަށާއި ކުޅުންތެރިންނާ މެދު ވަރަށް ބޮޑު އުންމީދެއް އެބޮތް ކަމަށް. "ނިއު އަކީ ރާއްޖޭގެ އެންމެ މޮޅު ޓީމު. ފުޓްބޯޅައިގައި މޮޅުވެވޭނީ މެޗަށް އެންމެ ބޮޑަށް ތައްޔާރުވެ، އެންމެ ރަނގަޅަށް ކޮންސަންޓްރޭޓް ކުރާ ޓީމް،"

    މިރޭގެ މެޗަށް ނިއު އާއި މާޒިޔާ ނިކުންނައިރު ދެ ޓީމުން ވަނީ މިއަހަރު ހަތަރު މެޗެއްގައި ބައްދަލުކޮށްފައި. އޭގެ ތެރެއިން ސީޒަން ހުޅުވަން ކުޅުނު 100،000ރ. ޗެރިޓީ ޝީލްޑް މެޗު ނިއު ކާމިޔާބު ކުރީ މާޒިޔާ 3-1އިން ބަލިކޮށްފަ. އަދި ލީގުގައި ކުޅުނު ފުރަތަމަ މެޗު 4-2 އިން ކާމިޔާބުކޮށް ދެ ވަނަ މެޗުގައި 2-0، އަދި ފަހު މެޗުން ނިއު މޮޅުވީ 1-0 އިން.

    23:09
    23:04

    އެފްއޭ ކަޕްގެ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 1-0 އިން ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެފްއޭ ކަޕް ތަށި 11 ވަނަ ފަހަރަށް ކާމިޔާބު ކޮށްފި އެވެ.

    ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން 1988ގައި ތައާރަފް ކުރި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ނިއުއިން ވަނީ މި މުބާރާތް ދެ ފަހަރު މިލްކު ކޮށްފަ އެވެ. އެގޮތުން މިއަހަރާ އެކު 18 ފަހަރު މި މުބާރާތުގެ ފައިނަލްގައި ކުޅުނުނިއުއިން އެންމެ ފަހުން އެފްއޭ ކަޕްގެ ތަށި އުފުލާލާފައި ވަނީ، 2007 ވަނަ އަހަރު ކްލަބް ވެލެންސިޔާ ބަލިކުރުމަށް ފަހު އެވެ. އެއީ ދެވަނަ ފަހަރަށް ނިއު މި ތަށި މިލްކު ކުރި ފަހަރެވެ.

    ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ލަނޑު ނިއުއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 23 ވަނަ މިނިޓުގައި މުހައްމަދު އުމެއިރު ނަގައިދިން ކޯނަރެއް ބޮލުންޖަހައި މާޒިޔާގެ ގޯލް ތެރެއަށް ފޮނުވާލައިގެން ނިއުގެ ގިނީ ޑިފެންޑަރު ސީލާ މަންސާ އެވެ.

    މިރޭގެ މެޗުގެ ފަހު ހާފުގައި ނިއުއިން ލަނޑު ޖަހާނޭ ގިނަ ފުރުސަތުތަކެއް އުފައްދާފައިވާއިރު މާޒިޔާއަށްވެސް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔަ އެވެ. އެހެން ނަމަވެސް މެޗު ނިމިގެންދިޔައީ އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 އިން ނިއު ކުރިހޯދައިގެންނެވެ.

    23:03

    ގިނަ އަދަދެއްގެ ފުލުހުން މިހާރު ދަނީ ދަނޑުގެ ސެކިއުރިޓީ ބަލަހައްޓަމުން.
    23:02

    މާޒިޔާ ބަލިކޮށް އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ލިބުމުން ނިއުގެ ކުޅުންތެރިން އުފާފާޅު ކުރާއިރު. ދެޓީމުގެ ސަޕޯޓަރުންގެ މެދުގައި އަދިވެސް ދަނީ ބަހުގެ ހަމަލާތައް ރައްދުކުރަމުން.
    23:01

    ބައެއް ސަޕޯޓަރުން ދަނީ ސުޒޭންގެ އިސްތިއުފާއަށް ގޮވަމުން
    22:59

    ގަލޮޅު ދަނޑުގައި ޖެހިފައި އޮތް ހަމަނުޖެހުން ހަމަޔަކަށް އެޅުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުން
    22:59

    އެފްއޭއެމްގެ އިސްވެރިންނާ މާޒިޔާގެ އިސް އޮފިޝަލުން ދަނީ ބަހުގެ ހަމަލަތައް ދެމުން
    22:58

    ރެފްރީނަށް ހަމަލާ ދިނުމަށް މާޒިޔާގެ އޮފިސަލުން ދެންމެ މަސައްކަތް ކޮށްފި
    22:57

    މެޗް ނިމުނެއްކަމަކު. ދެޓީމުގެ ސަޕޯޓަރުން ދަނީ ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުން. އިތުރު ފުލުހުން ވެސް ދަނޑަށް އަތުވެއްޖެ
    22:56

    މެޗް ނިމެއްޖެ.
    22:56

    މާޒިޔާއަށް އެއްލުމެއް.
    22:56

    ކުޅުންއަނެއްކާވެސް ފަށައިފި
    22:55

    މެޗުގެ ފޯރި ގަދަވީ ނިއުގެ ރިލްވާނަށް މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ބޯޅަނެތި ފައުލް ކުރުމާ ހިސާބުން
    22:54

    ދެޓީމގެ ސަޕޯޓަރުން ވެސް ދަނޑުމަތީގައި ދަނީ ބަހުގެ ހަމަލާތައް އުފައްދަމުން
    22:54

    ފުލުހުން ވެސް މިހާރު ދަނީ ދަނޑުމަތީގައި ހަރަކާތްތެރި ވަމުން
    22:53

    ސަޕޯޓަރުން ދަނީ ދަނޑަށް އަރަމުން
    22:53

    މެޗުގެ ކުޅުން އޮތީ މެދުކަޑާލައިފަ
    22:52

    ފުލުހުންނާ ސަޕޯޓަރުންނާ ދެމެދު ވެސް ހަމަނުޖެހުން ހިގަމުން ދަނީ
    22:52

    ދަނޑުމައްޗަށް ސަޕޯޓަރުން ދަނީ އެއްޗެތި އުކަމުން
    22:51

    ދަނޑުގެ ސަޕޯޓަރުން ތަޅާގަނިއްޖެ.
    22:51

    ދަނޑަށް ފާވަން ކިބައެއް އެއްލައިފި
    22:50

    މާޒިޔާ ހާފުގެ ތެރެއިން ނިއުއަށްއެއްލުމެއް. އެއްލަނީ ރިލްވާން
    22:49

    ނިއުއަށް ލިބިފައިއޮތް ޑިފެންސް އިމްރާން ކުރިއަށް ފޮނުވާލައިފި
    22:49

    މާޒިޔާއަށް ކޯނަރެއް ލިބިއްޖެ
    22:48

    މެޗުގެ އިތުރު މިނެޓުގެ ގޮތުގައި ހަތަރު މިނެޓް ދައްކައިފި
    22:47

    ނިއުއިން ބަދަލެއްގެނެސްފި. ކުޅެން އަރަނީ މެސީ ފާބަނީ ސެންޓޭ
    22:46

    ނިއުއިން ބަދަލެއްގެނެސްފި އެރީ އަލީ އުމައިރު ފޭބީ އުމައިރު
    22:46

    ނިއުގެ ހާފްތެރެއިން ޝާފިއު ފޮނުވާލި ހިލޭޖެހުން ނިއުގެ ކުޅުންތެރިން ދިފާއު ކޮށްފި
    22:45

    މާޒިޔާއަށް އެޓީމުގެ ހާފްތެރއިން އެއްލުމެއް ލިބިއްޖެ. އެއްލަނީ އަލީ އިމްރާން
    22:44

    މެޗުގެ 89 މިނެޓުގެ ކުޅުން ނިމިއްޖެ. ނަތީޖާއަކީ ނިއު 1 މާޒިޔާ 0
    22:44

    ނިއުއަށް ކޯނަރެއް ލިބިއްޖެ. ކޯނަރު ނަގަނީ އުމައިރު
    22:43

    ނިއުގެ ޑިފެންސް ކީޕަރު އިމްރާން ކުރިއަށް ފޮނުވާލައިފި
    22:42

    ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ދެ ޓީމުން ވެސް ދައްކަމުން އަންނަ ކުޅުން ވަނީ ފޯރިގަދަވެފަ.
    22:42

    މާޒިޔާއިން ފޮނުވާލި ބޯޅަ ނިއުގެ ގޯލްކީޕަރު އިމްރާން ދިފާއުކޮށްފި.
    22:41

    ބޯޅަ ނެތި މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ދަނގަޑޭއަށް ފައުލް ކުރުމުން، ނިއުގެ ބެންޗުން ދަނީ ނުރުހުން ފާޅު ކުރަމުން
    22:40

    އުމައިރު ފޮނުވާލި ބޯޅަ ބޭރަށް
    22:39

    މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ނިއުގެ ފޯވާޑް ދަނގަޑޭއަށް ފައުލް ކުރުމަށްފަހު. ބޯޅަ ނެތިސް އޭނަ ވަނީ ދަނގަޑޭގެ ގާގައި ފައިން ޖަހާފަ.
    22:39

    މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ބޮރިސޮވްއަށް ރެފްރީ ރީދޫ ކާޑު ދައްކައިފި. އޭނާއަށް ރެފްރީ ރީދޫ ކާޑު ދެއްކީ ދަނގަޑޭއަށް ފައުލުން ކުރުމުން.
    22:37

    ދަނގަޑޭއަށް އަނިޔާވެއްޖެ
    22:37
    22:37

    މާޒިޔާގެ ބަކާއަށް ދަނގަޑޭ ފައުލް ކުރުމާ ގުޅުގެން މާޒިޔާއަށް ހިލޭ ޖެހުމެއް ލިބިއްޖެ.
    22:36

    ނިއުގެ ޑިފެންސް އިމްރާން ކުރިއަށް ފޮނުވާލައިފި
    22:35

    ދަނގަޑޭ މާޒިޔާގެ ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ދިފާއުކޮށްފި
    22:33

    ނިއުގެ ޔޫސުފް މާޒިޔާގެ ހޮކޭއަށް ކުރި ފައުލަކާ ގުޅިގެން މާޒިޔާއަށް އެޓީމުގެ ހާފްތެރއިން ހިލޭ ޖެހުމެއް ލިބިއްޖެ
    22:33

    މާޒިޔާގެ ޑިފެންސް ގޯލްކީޕަރު އިމްރާންޮނުވާލައިފި ކުރިއަށް ފ
    22:32

    ނިއުގެ ބިދޭސީ ކުޅުންތެރިޔާ ޔޫސުފް ފޮނުވާލި ބޯޅަ މާޒޔާގެ ގޯލްކީޕަރު ދިފާއުކޮށްފި
    22:31

    މާޒިޔާގެ ޓޫކިލޯއަށް ނިއުގެ ސެންޓޭ ފައުލް ކުރުމުން މާޒިޔާއަށް ނިއުގެ ހާފްތެރެއިން ހިލޭ ޖެހުމެއް ލިބިއްޖެ
    22:29

    ނިއުގެ ފޯވާޑް ދަނގަޑޭ އުފެއްދި ހަމަލާ މާޒިޔާގެ ގޯލްކީޕަރު އިމްރާން ދިފާއުކޮށްފި.
    22:27
    22:26

    ނިއުއަށް އެއްލުމެއް. އެއްލަނީ އަހުމަދު އަބްދުﷲ
    22:25

    މާޒިޔާގެ ކުޅުންތެރިން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި އުފެއްދި ހަމަލާ ކީޕަރު އިމްރާން ދިފާއުކޮށް ކުރިއަށް ފޮނުވާލައިފި
    22:24

    ސެންޓޭ ފޮނުވާލި ބޯޅަ މާޒިޔާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ހިގައްޖެ
    22:24

    ނިއުގެ ހިލޭ ޖެހުން ކުރިއަށް ފޮނުވާލަނީ އުމައިރު
    22:23

    ދަނގަޑޭއަށް ފައުލް ކުރުމުން މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ޒިކޯއަށް ރެފްރީ ރީދޫ ކާޑު ދައްކައިފި.
    22:21

    މާޒިޔާގެ އެސިސްޓެންޓު ކޯޗް ބެންޗުން ފޮނުވާލީ ރެފްރީގެ ނިންމުންތަކާ އޭނާ ދެކޮޅު ހެދުމުން.
    22:21

    މާޒިޔާގެ އެސިސްޓެންޓު ކޯޗް ބެންޗުން ފޮނުވާލައިފި
    22:20

    މާޒިޔާގެ ޝާފިއުއަށް އަނިޔާވެއްޖެ. އޭނާއަށް ދަނޑު މަތީގައި މިހާރު ދަނީ ފަރުވާދެމުން
    22:18

    މާޒިޔާ ހާފުގެތެރެއިން ނިއަށް ލިބުނު ހިލޭ ޖެހުން ދަނގަޑޭ ފޮނުވާލައިފި. ދަނގަޑޭފޮނުވާލި ބޯޅަ މާޒިޔާގެ ގޯލްކީޕަރު ދިފާއުކޮށްފި
    22:18
    22:16

    ނިއަށް ލިބުނު ހިލޭ ޖެހުން އުމައިރު ކުރިއަށް ފޮނުވާލައިފި. އެބޯޅަ މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ޒިކޯ ދިފާއުކޮށް ކުރިއަށް ފޮނުވާލައިފި
    22:16

    މާޒިޔާ ހާފުގެ ތެރެއިން ނިއުއަށް އެއްލުމެއް . އެއްލަނީ ރިލްވާން
    22:14

    ދަނގަޑޭއަށް ފައުލް ކުރުމުން މާޒިޔާގެ ދޮނާއަށް ރީދޫ ކާޑު ދައްކައިފި.
    22:12

    މާޒިޔާއިން ބަދަލެއް ގެންނަނީ ކުޅެންއަރަނީ އަހުމަދު ރަޝީދު، ފާބަނީ އަހުމަދު ނާޝިދު
    22:12

    އުމައިރު މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ޒިކޯއަށް ކުރި ފައުލަކާ ގުޅިގެން މާޒިޔާއަށް ހިލޭ ޖެހުމެއް
    22:11

    ނިއުގެ ހާފްތެރއިން މާޒިޔާއަށް އެއްލުމެއް.
    22:10

    މާޒިޔާގެ ޑިފެންސް ކީޕަރު އިމްރާން ފޮނުވާލައިފި
    22:09

    ދެ ވަނަ ހާފުގައި ނިއުއަށް ލިބޭ ފުރަތަމަ ކޯނަރު. ކޯނަރު ނަގަނީ އުމައިރު
    22:07

    ނިއުގެ ހާފްތެރެއިން މާޒިޔާއަށް އެއްލުމެއް. އެއްލަނީ އިމްރާން. އެއްލިބޯޅަ ނިއުގެ ކުޅުންތެރިން އަތުލައިފި
    22:06

    މާޒިޔާގެ އިމްރާން ފޮނުވާލި ބޯޅަ ބޭރަށް. އެއްލުން ނިއުއަށް އެއްލަނީ ރިލްވާން
    22:06

    މާޒިޔާއަށް ހިލޭ ޖެހުމެއް ނިއުގެ ހާފްތެރެއިން.
    22:04

    މާޒިޔާއަށް ހިލޭ ޖެހުމެއް . ހިލޭ ޖެހުން ކުރިއަށް ފޮނުވާލަނީ އަލީ އިމްރާން
    22:03

    ނިއުގެ ދަނގަޑޭ އޮފްސައިޑް ވުމުން މާޒިޔާއަށް އެޓީމުގެ ހާފުގެތެރެއިން ޖެހުމެއް ލިބިއްޖެ.
    22:03

    އަނެއްކާވެސް މާޒިޔާގެ ގޯލްކީޕަރުގެ ފަރާތުން ނުރައްކާތެރި ބޯޅައެއް ދިފާއުކޮށްފި
    22:02

    އުމައިރު ފޮނުވާލި ބޯޅަ މާޒިޔާގެ ގޯލްކީޕަރު ދިފާއުކޮށްފި.
    22:02

    ދެ ވަނަ ހާފް ފަށައިފި
    22:01

    ދެ ވަނަ ހާފް ފަށަނީ ނިއުއިން.
    22:00

    މެޗުގެ ދެ ވަނަ ހާފް ފެށުމަށް ދެޓީމުން ދަނޑަށް އަރައިފި
    21:46

    މެޗުގެ ފުރަތަމަ ހާފް ނިމިއްޖެ. ނަތީޖާއަކީ ނިއު 1 މާޒިޔާ 0
    21:46

    ދަނގަޑޭ ފޮނުވާލި ބަރު ހަމަލާ މާޒިޔާގެ ކުޅުންތެރިޔާ ދިފާއުކޮށްފި
    21:45

    މާޒިޔާއަށް އެއްލުމެއް. މާޒިޔާ ހާފްތެރެއިން
    21:44

    ފުރަތަމަ ހާފުގެ އިތުރު މިނެޓުގެ ގޮތުގައި ދެ މިނެޓް ދައްކައިފި
    21:42

    ނިއުއަށް ހިލޭ ޖެހުމެއް. މާޒިޔާ ހާފު ތެރެއިން
    21:41

    ދަނގަޑޭއަށް ވީ މާސީރިއަސް އަނިޔާއެއްނޫން.
    21:40

    އަނެއްކާވެސް ނިއުގެ ކުޅުންތެރިއަކަށް އަނިޔާވެއްޖެ. އަނިޔާވި ކުޅުންތެރިޔާއަށް ނިއުގެ ބެންޗުން މިހާރު ދަނީ ފަރުވާދެމުން. އަނިޔާވީ ދަނގަޑޭއަށް. އޭނާ މިހާރު ހިގާލާފައި ދަނޑުން ފާބަނީ.
    21:39

    ޓޫކިލޯ އަހުމަދު އަބްދުﷲއަށް ފައުލް ކުރުމުން ނިއުއަށް ހިލޭ ޖެހުމެއް
    21:38

    އަކޫ ފޮނުވާލި ހިލޭ ޖެހުން މަތިމަތިން ބޭރަށް.
    21:38

    އަނެއްކާވެސް މާޒިޔާ ހާފްތެރއިން ނިއުއަށް ހިލޭ ޖެހުމެއް. ހިލޭ ޖެހުން ކުރިއަށް ފޮނުވާލަނީ އުމައިރު
    21:37

    މާޒިޔާގެ ކުޅުންތެރިއަކަށް ފައުލް ކުރުމުން އެޓީމަށް ހިލޭ ޖެހުމެއް ލިބިއްޖެ.
    21:37

    ނިއުގެ ޑިފެންސް އިމްރާން ކުރިއަށް ފޮނުވާލައިފި
    21:36

    މާޒިޔާގެ ޓޫކިލޯ ފޮނުވާލި ނުރައްކާތެރި ބޯޅަ ނިއުގެ ގޯލްކީޕަރު ވަރަށް ހުށިޔާރު ކަމާއެކު ދިފާއުކޮށް ކުރިއަށް ފޮނުވާލައިފި
    21:35

    މެޗުގެ ފުރަތަމަ ހާފުގެ 37 މިނެޓް ކުޅެވިއްޖެ. ނަތީޖާއަކީ ނިއު 1 މާޒިޔާ 0
    21:34

    ނިއުއަށް ކޯނަރެއް ލިބިއްޖެ. ކޯނަރު ނަގަނީ އުމައިރު
    21:33

    މާޒިޔާގެ ނާޝިދުއަށް އަނިލާވެގެން ދަނޑު ފައިބައިފި. އޭނައަށް މިހާރު ދަނީ ފަރުވާދެމުން
    21:32

    ނިއުގެ ސެންޓޭ އަނެއްކާވެސް މާޒިޔާ ކޮޅަށް ބާރު ބޯޅައެއް ފޮނުވާލައިފި ސެންޓޭ ފޮނުވާލި ބޯޅަ މާޒިޔާ ގޯލްކީޕަރު އިމްރާން ދިފާއުކޮށްފި
    21:32

    މާޒިޔާގެ ޓޫކިލޯ ގޯލަށް ފޮނުވާލި ބޯޅަ މަތިމަތިން ބޭރަށް
    21:31

    ނިއުގެ ހާފްތެރއިން މާޒިޔާއަށް ހިލޭ ޖެހުމެއް.
    21:30

    ނިއުގެ ގޯލްކީޕަރު އިމްރާނަށް މާޒިޔާގެ ބަކާ ކުރި ފައުލަކާ ގުޅިގެން ނިއުއަށް ހިލޭ ޖެހުމެއް. ހިލޭ ޖެހުން ކުރިއަށް ފޮނުވާލަނީ އިމްރާން
    21:30

    މާޒިޔާއަށް ކޯނަރެއް ލިބިއްޖެ. ކޯނަރު ނަގަނީ ނާޝިދު
    21:29

    ނިއުގެ ހާފްތެރެއިން މާޒިޔާއަށް އެއްލުމެއް
    21:29

    ނިއުގެ ސެންޓޭ ފޮނުވާލި ބޯޅަ މާޒިޔާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް
    21:28

    ނިއުގެ ހާފްތެރެއިން މާޒިޔާއަށް އެއްލުމެއް
    21:27

    މެޗުގެ ދެ ވަނަ ކޯނަރު މާޒިޔާއަށް. ކޯނަރު ނަގަނީ ނާޝިދު
    21:26

    އުމައިރު ނެގި ކޯނަރު މާޒިޔާއިން ދިފާއުކޮށް ކުރިއަށް ފޮނުވާލައިފި
    21:26

    ނިއުގެ ތިން ވަނަ ކޯނަރު. ކޯނަރު ނަގަނީ އުމައިރު
    21:25

    ނިއުގެ މަންސާ މާޒިޔާ ކޮޅަށް ޖެހިލަނޑަކީ އުމައިރު ނެގި ކޯނަރަކުން ބޮލުންޖަހާ ވައްދާލި ލަނޑެއް
    21:22

    ނިއުއިން ލަނޑު ޖަހައިފި. ލަނޑު ޖެހީ ނިއުގެ ބިދޭސީ ކުޅުންތެރިޔާ މަންސާ
    21:22

    ނިއުގެ ދެ ވަނަ ކޯނަރު. ކޯނަރު ނަގަނީ އުމައިރު
    21:21

    ނިއުގެ ކުޅުންތެރިއަކު އޮފްސައިޑް ވުމުން މާޒިޔާއަށް ޖެހުމެއް.
    21:21

    ނިއުގެ ހިލޭ ޖެހުން ކުރިއަށް ފޮނުވާލަނީ ދަނގަޑޭ
    21:20

    މާޒިޔާގެ ޒިކޯ ދަނގަޑޭއަށް ފައުލް ކުރުމުން ނިއުއަށް ހިލޭ ޖެހުމެއް.
    21:20

    ނިއުއިން މާޒިޔާ ކޮޅަށް ފޮނުވާލި ބާރު ހަމަލާ ގޯލުގެ ހުރަސް ދަނޑިމަތީން ބޭރަށް
    21:19

    މިރޭގެ މެޗުގައި މާޒިޔާގެ ކެޕްޓަނަކީ އަހުމަދު މުހައްމަދު
    21:18

    މާޒިޔާއިން ނެގި ކޯނަރު ރިލްވާން ދިފާއުކޮށް ބޭރަށް ފޮނުވާލައިފި. މާޒިޔާއަށް އެއްލުމެއް ނިއުގެ ހާފްތެރެއިން
    21:17

    މާޒިޔާއަށް ކޯނަރެއް. ކޯނަރު ނަގަނީ ނާޝިދު
    21:16

    މެޗުގައި އަދި ނިއު އިން އެއް ހަމަލާ އުފެއްދި އިރު މާޒިޔާއަކަށް ހަމަލައެއް ނޫފެއްދޭ
    21:16

    ނިއުގެ ހާފުތެރެއިން މާޒިޔާއަށް ހިލޭ ޖެހުމެއް. ހިލޭ ޖެހުން ކުރިއަށް ފޮނުވާލަނީ ބަކާ
    21:14

    ނިއުގެ ފޯވާޑް ދަނގަޑޭއަށް ފައުލް ކުރުމުން ނިއުގެ ސަޕޯޓަރުން ރުޅިގަދަވެއްޖެ. ސަޕޯޓަރުން ރުޅި ގަދަވީ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ދަނގަޑޭއަށް ފައުލްކުރުމުން، ރެފްރީ ޕެނަލްޓީއެއް ނިއުއަށް ނުދިނުމުން
    21:13

    މެޗުގެ 15 މިނެޓުގެ ކުޅުން ނިމިއްޖެ. ނަތީޖާ އަކީ މާޒިޔާ 0 ނިއު 0
    21:12

    މާޒިޔާގެ ގޯލްކީޕަރު އިމްރާން ސައްޕުކުރިއަށް ފޮނުވާލައިފި.
    21:10

    މާޒިޔާގެ ކުޅުންތެރިއަކާ ނިއުގެ ކުޅުންތެރިއަކަށް އަނިޔާވެއްޖެ . ނިއު އިން އަނނިޔާވީ ދަނގަޑޭއަށް. މާޒިޔާއިން އަނިޔާވީ ޝާފިއުއަށް. އެ ދެކުޅުން ދެރިންނަށް މިހާރު ދަނީ ފަރުވާ ދެމުން.
    21:08

    ނިއު އިން މާޒިޔާ ކޮޅަށް ބާރު ބޯޅައެއް ފޮނުވާލައިފި އެބޯޅަ ދިޔައީ މާޒިޔާގެ ގޯލުގެ ހުރަސް ދަނޑިމަތުން ބޭރަށް. އެބޯޅަ މާޒިޔާ ކޮޅަށް ފޮނުވާލީ އަހުމަދު ރަޝީދު
    21:08

    މެޗުގެ ފުރަތަމަ ކޯނަރު ނިއުއަށް. ކޯނަރު ނަގަނީ އުމައިރު
    21:07

    ނިއުގެ އަހުމަދު ރަޝީދު ފޮނުވާލި ބޯޅަ މާޒިޔާގެ ގޯލްކީޕަރު އިމްރާން ދިފާއުކޮށްފި
    21:06

    ނިއުގެ ހާފްތެރެއިން އަހުމަދު ރަޝީދު އެއްލި ބޯޅަ މާޒިޔާ ކުޅުންތެރިން އަތުލައިފި
    21:05

    މާޒިޔާ ކުޅުންތެރިއަކު ނިއުގެ ކިންސްލީއަށް ފައުލް ކުރުމުން ނިއުއަށް އެޓީމުގެ ހާފު ތެރެއިން ހިލޭ ޖެހުމެއް ލިބިއްޖެ. ހިލޭ ޖެހުން ކުރިއަށް ފޮނުވާލަނީ ކިންސްލީ
    21:03

    މާޒިޔާ ހާފްތެރެއިން އަނެއްކާވެސް އެޓީމަށް ހިލޭ ޖެހުމެއް ލިބިއްޖެ. ހިލޭ ޖެހުން ކުރިއަށް ފޮނުވާލަނީ ޝާފިއު.
    21:01

    މާޒިޔާއިން އަންނަނީ ނިއުގެ ފޯވާޑުން ހިފެހެއްޓުމަށް ވަރަށް މަސައްކަތް ކުރަމުން
    21:00

    ނިއުއިން ކުރި ފައުލަކާ ގުޅިގެން މާޒިޔާއަށް ހިލޭ ޖެހުމެއް ލިބިއްޖެ. މާޒިޔާގެ ކުޅުންތެރިޔާއަށް ފައުލް ކުރީ ދަނގަޑޭ
    20:59

    މެޗް ބެލުމަށް މާޒިޔާ އާއި ނިއުގެ ސަޕޯޓަރުން ދަނީ ދަނޑަށް ވަންނަމުން
    20:59

    މެޗް ފަށައިފި. މެޗް ފެށީ މާޒިޔާއިން
    20:58

    މެޗް ފެށުމަށްޓަކައި ދެޓީމުން ދަނޑަށް އަރައިފި
    20:52

    މާޒިޔާގެ ފުރަތަމަ 11 ކުޅުންތެރިން:

    އަހުމަދު ނާޝިދު
    މުހައްމަދު އާރިފް (ބަކާ)
    އިބްރާހިމް ސިޔާމް
    މުހައްމަދު ރަޝީދު
    އަހުމަދު މުހައްމަދު (ކެޕްޓަން)
    ޝާފިއު އަހުމަދު
    އަލީ އިމްރާން
    މުހުތާރު ނަޝީރު (ޓޫކިލޯ)
    މުހައްމަދު އިމްރާން (ގޯލްކީޕަރު)
    ޒިކޯ
    އައްސަދުﷲ އަބްދުﷲ

    ނިއުގެ ފުރަތަމަ 11 ކުޅުންތެރިން:
    ކިންސްލީ
    މުހައްމަދު ޝިފާން
    އަހުމަދު އަބްދުﷲ
    އަލީ ފާސިރު (ސެންޓޭ)
    ރިލްވާން ވަހީދު
    މަންސާ
    އަކުރަމް އަބްދުލް ގަނީ
    އަހުމަދު ނިއާޒް
    އިމްރާން މުހައްމަދު (ގޯލްކީޕަރު)
    މުހައްމދު އުމައިރު
    އަލީ އަޝްފާގް

    00:00
    00:00
    00:00