25 Nov 2010, 17:25
ހުޅުމާލޭ ފެރީއެއް މާލޭ ތޮށިގަނޑަށް އަރައި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 21:30 އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓްގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާވީ، ފެރީ ދޯނީގެ ބުރަފަތީގައި ގޯންޏެއް އޮޅި، ގިއަރަށް ނޭރުމުގެ ސަބަބުން ބާރު ސްޕީޑްގައި އައިސް މާލޭ ފެރީ ޓާމިނަލްގެ ތޮށިގަނޑަށް އެރުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް ފުލުހުން ބުނީ އެ ހާދިސާގައި އެ ފަސް މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުވާ ކަމަށެވެ.