އަންނަ ހޮނިހިރު ދުވަހު ފަށާ ޖީސީއޯލެވެލް އިމްތިހާނަށް ތައްޔާރުވަމުންދާ ދަރިވަރުންގެ ކިޔެވުމަށް އުނދަގޫ ނުވާނެ ގޮތަށް އަމަލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.

އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންނަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ފެށާ އެތަކެއް ހާސް ކުދިންނެއް ބައިވެރިވާ ޖީސީއީ އޯލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރު ވަމުންދާ މި ދަނޑިވަޅުގައި، އެދަރިވަރުންގެ އުނގެނުމުގެ ހައްގަށް ބުރޫ އަރާފަދަ އަމަލުތައް ނުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމުގެ ހައްގު ޒިންމާދާރު ކަމާއެކު ބޭނުން ކުރުމަށް އެންމެހައި ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ ގޮވާލާފަ އެވެ.

ފަރުދުންގެ ދިރިއުޅުމަށް އުދަގޫނުވާ ގޮތަށާއި އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމަށް ހުރަސްނޭޅޭ ގޮތަށް ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމުގެ ކުރިން ކެމްޕެއިނަށް ޖަގަހަތަކުގެ އަޑުގަދަ ކުރުމާ ގުޅިގެން އާންމު ފަރުދުންނަށާއި ކިޔަވާކުދިނަށް އުނދަގޫވާ ކަމުގެ ޝަކުވާތަކާ ގުޅިގެން މިދިޔަ އޮގަސްޓް 26ގައި ވެސް އެޗްއާރްސީއެމުން ބަޔާނެއް ނެރުނެވެ. ކެމްޕެއިން ކުރުމުގެ ރޫހާ އެއްގޮތަށް ކެމްޕެއިން ކުރުމުގެ ކުރުމުގެ ރުޙާ އެއްގޮތައް ކެމްޕެއިންގެ އަމަލުތައް ބެހެއްޓުމަށް އެ ކޮމިޝަނުން ގޮވާލިނަމަވެސް އެ އުސޫލާ އެއްގޮތަށް އަމަލު ކުރަމުން ނުދެ އެވެ.