ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަން އަށް އަލަށް ގެނައުމަށް ނިންމި 50 ގޮނޑީގެ ޑޭޝް 8ގެ ބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ.

ދިވެހި ދެ ޕައިލެޓުންނާއި އިންޖީނިއަރަކާ އެކު ކެނަޑާއިން ފުރައިގެން އައި އެ ބޯޓު އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު 14:28ގައި ޖެއްސުމާއެކު އެ ބޯޓަށް މަރުހަބާ ކިޔާފައި ވަނީ އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނެވެ.
http://www.sun.mv/albums/l_20431.jpg
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބުދުލްހާރިޝް މިއަދު ސަން އަށް ވިދާޅުވީ މިއަދު އަލަށް ގެނައި ބޯޓާ އެކު މޯލްޑިވިއަންގެ ދަތުރުތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ފްލައިޓް ޑިލޭވުން މަދުކުރެވި ގިނަ ދަތުރުތަކެއް ރާއްޖޭގެ އެކިކަންކޮޅޫތަކަށް ފެއްޓިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އަލަށް މިގެނެވުނު ބޯޓާ އެކު ވަރަށް ފަސޭހަތައް ލިބިގެންދާނެ، ދެން މިހާރުން ފެށިގެން ހަމަ މި ބޯޓް ވެސް އޮޕަރޭޓްކުރާނެ. ގިނަ އެއާލައިންތައް ހުރި އިރު މިބޯޓްގެ ސަބަބުން ފަސޭހަވެގެންދާނެ، މިބޯޓް ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށް،" ހާރިޝް ވިދާޅުވި އެވެ.
http://www.sun.mv/albums/l_20440.jpg
އޭނާ ވިދާޅުވީ އެކުންފުއްޏަށް އިތުރު ބޯޓްތަކެއް ގެނައުމަށް ވެސް މިހާރު އެކުންފުނީގެ ބޯޑުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެ ބޯޓަކީ 50 ސީޓުގެ ބޯޓެކެވެ. އެ ބޯޓާ އެކު މޯލްޑިވިއަންގެ ބޮމްބާޑިއާ ޑޭޝް8 ގެ ހަ ބޯޓު ހަމަވީ އެވެ. އެއީ 37 ގޮޑިގެ ދެ ބޯޓާއި 50 ގޮނޑީގެ ހަތަރު ބޯޓެވެ.
http://www.sun.mv/albums/l_20438.jpg