03 Oct 2013, 15:51
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޝަނަށް އެއްވެސް ބުރުލެއް ނާރައި ބަރާބަރަށް ކުރިޔަށްދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
އެއާޕޯޓްގެ އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިޔަށްދާ ކަމަށް އެމްއޭސީއެލް އިން ބުނެފައި ވަނީ އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ކޮންމެ ދުވަހަކު ސަލާމް ބުނެ މަސައްކަތަށް ނުނިކުންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ފަތުރަމުން ދަނިކޮށެވެ.
"ސަން"އާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ބަންދު ސަލީމް ވިދާޅުވީ ސަލާމް ބުނުމަކީ ކޮންމެ މުވައްޒަފަކަށް ވެސް ވަޒީފާއާ ބެހޭ ގާނޫނުން ލިބިދީފައިވާ ހައްގެއް ކަމަށެވެ. އަދި އެކަން ހުއްޓުވަން ކުރެވޭނެ ކަމެއް ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަލާމް ބުނާ މުވައްޒަފުން ސަލާމް ބުނި ނަމަވެސް އެންމެ ފްލައިޓެއް ވެސް ގަޑިއަށް ނުފުރި އަދި ޖައްސަން އައި ފްލައިޓެއް ނުޖެއްސިއެއް ނެތް. އެއާޕޯޓްގެ އޮޕަރޭޝަނަށް އެއްވެސް ހުއްޓުމެއް ނެތް،" ބަންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުރިހާ މުވައްޒަފުން ހިތްހަމަޖެހޭ ގޮތަށް ކަންތައްތައްކުރެވޭ އެއްވެސް ކުންފުންޏެއް ނޯންނާނެ ކަމަށެވެ. އެހެން އަބަދުވެސް ކުންފުންޏާ މެދު ހިތްހަމަނުޖެހޭ ބަޔަކު އުޅޭނެ ކަމަށް ވެސް ބަންދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިގެންދަނީ ހުރިހާ މުވައްޒަފުންނަށް ވެސް އެއް އުސޫލަކުން އަމަލުކުރަން. ވަކި ޑިޕާޓްމަންޓެއް މުވައްޒަފުންނަށް ހާއްސަ ކަމެއްދީފައެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ. "މިތަނުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ ކުންފުންޏަށް ވަރަށް އިހުލާސްތެރިކަމާއެކު މަސައްކަތްކުރާ ވަރަށް ހީވާގި ބައެއް،"