އިޓަލީގެ މައިރަށެއް ކަމަށްވާ މިލާނުގެ މީހުން އިއްޔެ ހެނދުނު ހޭލައިގެން މަގުތަކަށް ނުކުތުމުން ލިބުނީ ބޮޑު ހައިރާން ކަމެކެވެ.

އެމީހުންނަށް ފެނުނީ މަގު މެދުން ބިންގަނޑު ފަޅާލާފައި އަރައި އޮތް ހަނގުރާމަމަތީ ސަބްމެރީނެކެވެ. މަގުގައި އަޅާފައިވާ ތާރުގަނޑު ފުނޑުފުނޑުވެފައި ވާއިރު ކައިރީގައި އޮތް ކާރަކަށް ވެސް ވަނީ އެހާދިސާގެ ގެއްލުން ލިބިފަ އެވެ.
http://www.sun.mv/albums/l_20428.jpg
ހައިރާންވެ އަންތަރީސްވެފައިވާ ފަޔަ ފައިޓަރުން ތައްޔާރީ ހާލަތުގައި ތިބި މަންޒަރާއި ސަބްމެރިންގެ ފަޅުވެރިން އެއުޅަނދުން ފައިބައިގެން އިމަޖެންސީ ކްރޫ އާ ދިމާއަށް ދިޔަތަން ވެސް އެމީހުންނަށް ފެނުނެވެ.

މަންޒަރު ދުށް މީހުންނަށް އެއީ ހަމަ ހަގީގަތެއް ހެން ހީވިޔަސް އެއީ ހަގީގަތެއް ނޫނެވެ. މަގުމެދުން އަރައި އޮތީ އަސްލު ސަބްމެރިން އެއް ނޫނެވެ. އެއީ އިޓަލީގެ އިންސުއަރެންސް ކުންފުންޏެއް ކަމަށްވާ ޔޫރަޕް އެސިސްޓެންސް އައިޓީ އިން ޖެއްސި މާކެޓިން ސްޓަންޓެކެވެ.
http://www.sun.mv/albums/l_20429.jpg
ވަރަށް ފަތިހާ އެކުންފުނީގެ މުވައްޒަފުން އައިސް ފޭކް ސަބްމެރިން އެތަނުގައި ހެދީ އެކުންފުނީގެ "ޕްރޮޓެކްޓް ޔުއަރ ލައިފް" (ތިބާގެ ދިރިއުޅުން ސަލާމަތްކުރޭ) ކެމްޕެއިން ޕްރޮމޯޓްކުރުމަށް ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ނޫހުން ބުންޏެވެ.

ފޭކް ސަބްމެރިން ފެނިގެން މިލާންގެ ބައެއް މީހުންނަށް އެއީ ހަގީގީ ހާދިސާއެއް ކަމަށް ހީކޮށް، ސޯޝަލް މީޑިއާގައި ފޮޓޯ އާއި ވީޑިއޯތައް ވެސް ފެތުރި ކަމަށް ބައެއް ނޫސްތަކުން ބުންޏެވެ. ޔޫރަޕް އެސިސްޓެންސް އައިޓީ އިން އެކަން ކޮށްފައި ވަނީ އެހާ ވެސް މޮޅަށެވެ. އެގޮތުން ސަބްމެރިންގެ ކްރޫއިންނަށް ވެގެން ތިބި މީހުން ވަނީ އެއީ ހަގީގީ ހާދިސާއެއް ހެން ހީވާ ގޮތަށް މީޑިއާތަކަށް އިންޓަވިއުވެސް ދީފަ އެވެ.