03 Oct 2013, 11:28
ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތްކުރަމުން ދިޔަ ވަގުތީ މުވައްޒަފުން ގެއަށް ފޮނުވާލައިފި އެވެ.
އިންތިހާބާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ނެގި ވަގުތީ މުވައްޒަފުން ގެއަށް ދިއުމަށް އަންގާފައި ވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެވެ. ވަގުތީ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރި މުވައްޒަފަކު ސަން އަށް މިއަދު ކިޔައިދިން ގޮތުގައި ސުޕްރީމް ކޯޓުން ވަކިގޮތެއް އެންގުމުގެ ކުރިން ވަގުތީ މުވައްޒަފުނަށް އޮފީހަށް ނުނިކުތުމަށް ވަނީ އަންގައިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު މިއަދު ވިދާޅުވީ އިންތިހާބާ ބެހޭ އިދާރީ މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށެވެ.