25 Nov 2010, 11:54
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ކަނޑައަޅުއްވާފައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބަކަށް ހެންވޭރު ހިކިފިނިފެންމާގޭ އަޙްމަދު ނަސީމް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އައްޔަންކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ ނަސީމް އައިޖީއެމްއެޗްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ހަމަޖެއްސެވީ އެ ހޮސްޕިޓަލުން ރައްޔިތުންނަށްދޭ ޚިދްމަތްތައް މިހާރަށްވުރެ ރަނގަޅު ކޮށް، އެ ހޮސްޕިޓަލްގެ އެންމެހާ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އޭނާ ޢައްޔަން ކުރެއްވީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމަށްޓަކައި ބޭނުންވާ މަގާމުތަކަށް މީހުން ޢައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.