03 Oct 2013, 10:42
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ނަންފުޅުގައި ސޯޝަލް ނެޓްވޯކްގައި ދައުރު ކުރާ ޓުވިޓާ އެކައުންޓަކީ ''ފޭކް'' އެކައުންޓެއް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފުން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނީ، ޗީފް އޮފް ޑިފެންސް ފޯސް އަށް، ނިސްބަތްވެވަޑައިގަންނަވާ ގޮތަށް ސޯޝަލްނެޓްވޯކްގައި މިހާރު ދައުރުވަމުންދާ ޓުވިޓާ އެކައުންޓް "Ahmed Shiyam @GeneralAshiyam" އަކީ ސައްހަ ޓުވިޓާ އެކައުންޓެއް ނޫން ކަމަށާއި އެއީ ބަޔަކު މީހުން ހަދައިގެން އުޅޭ "ފޭކް" ޓުވީޓާ އެކައުންޓެއް ކަމަށެވެ. އަދި ޝިޔާމަކީ މިހާތަނަށް ދުވަހަކު ވެސް ފޭސްބުކް އެކައުންޓެއް އަދި ޓުވިޓާ އެކައުންޓެއް ވެސް ހައްދަވާފައިވާ ބޭފުޅެއް ނޫން ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.