03 Oct 2013, 10:28
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މި މަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފައިނޭންސް މިނިސްޓްރީ އަށް އަންގައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މި މަހުގެ 30 ވަނަ ދުވަހު ހުށަހަޅާ ގޮތަށް ހަމަޖައްސައި އެކަން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް އަންގަވާފައި ވާނެ ކަމަށެވެ.
"ދެ ހާސް ސާދަ ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ތާރީޚަކީ 30 އޮކްޓޯބަރު 2013 ވާ ބުދަ ދުވަސް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވައި އެކަން މިނިސްޓަރު އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އަންގަވައިފި އެވެ" ރައްޔިތުންގެ މަޖިލީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ގެ 32 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓް، މިނިސްޓަރު ތައްޔާރުކޮށް، މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމުގަ އެވެ.