02 Oct 2013, 12:51
މިއަދު މެންދުރު ފަހު ފެށުމަށް ހަމަޖެހިފައިވާ 11 ވަނަ ސްވިމިން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 120 ފެތުންތެރިން ބައިވެރިވެއްޖެ އެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ބައިވެރިވެފައިވާ 120 ފެތުންތެރިންނަކީ ފިރިހެން 65 ފެތުންތެރިން ނާއި އަންހެން ބައިން ވާދަކުރާ 55 ފެތުންތެރިން ކަމަށެވެ. އަދި މުބާރާތުގައި 67 އިވެންޓެއް ކުރިޔަށްދާނެ ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން ބުނެ އެވެ.
މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރުވެފައިވާ އަންހެން ބައިގައި އުމުރު ފުރާތައް ބަހާލެވިގެން ވަނީ 10 އަހަރުން ދަށް، ބާރަ އަހަރުން ދަށް، 14 އަހަރުން ދަށް އަދި 14 އަހަރުން މަތީގެ އުމުރު ފުރާ އެވެ.
މުބާރާތުގެ ފިރިހެން ބައިގައި ހިމެނެނީ 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދު 16 އަހަރުން މަތީގެ އުމުރު ފުރަ އެވެ.