02 Oct 2013, 00:11
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށް ބުނެ ފުލުހުން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ފުލުހުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އީވާ ދޫކޮށްލާފައި ވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ.
މިއަދު ހަވީރު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައާ ގުޅިގެން އިވާގެ އިތުރުން އިތުރު ބަޔަކު ވެސް ފުލުހުން ހައްޔަރު ކުރި އެވެ.