25 Nov 2010, 08:34
މާލެ އާއި މެދު އުތުރު ޕްރޮވިންސްގެ ހަތަރު އަތޮޅެއްގެ ރައްޔިތުންނަށް އެ ޕްރޮވިންސްގެ ހަތަރު ރަށަކުން ދިރިއުޅުމަށް ބިން ދޫކުކުރުމުގެ މަޝްރޫއެއް އެކުލަވާލައި ބިމަށް އެދުމުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
މާފުށީގައި ހުންނަ މެދު އުތުރު ޕްރޮވިންސް އޮފީހުން އިއްޔެ ގެޒެޓުގައި އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ތޮއްޖެހުން ކުޑަކޮށް، ރައްޔިތުން ބިންވެރިކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ކ، އއ، އދ، އަދި ވ. އަތޮޅުގެ އިތުރަށް މާލޭގެ ރައްޔިތުންގެ ތެރެއިން ކ. ކާށިދޫ އާއި އދ. މަންދު އާއި އދ. މާމިގިއްޔާއި އަދި އެ އަތޮޅު ދިގުރަށަށް "ހިޖުރަކުރަން" ބޭނުންވާ މީހުންނަށް ބިން ދޫކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
"މި ޕްރޮވިންސްގައި ހިމެނޭ ހަތަރު އަތޮޅުގެ ރައްޔިތުންނާއި މާލޭގެ ރައްޔިތުންގެ ތެރެއިން ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ކ. ކާށިދޫ، އދ. މަންދޫ، އދ. މާމިގިލި، އަދި ދިގުރަށުން ދިރިއުޅުމަށް ބިން ހޯދުމުގެ ފުރުސަތު ހުޅުވާލައިފީމެވެ." އެ ޕްރޮވިންސްގެ އިއުލާންގައިވެ އެވެ.
އެ ޕްރޮވިންސުން ބުނެފައި ވަނީ ބިމަށް އެދޭ ފަރާތްތަކުން އަންނަ މަހު 31 ކުރިން ސިޓީ ފޮނުވުމަށެވެ. ބިން ދޫކުރާނީ އެ ޕްރޮވިންސުން ކަނޑައަޅާ އުސޫލަކާ އެއްގޮތަށް އަދި އެ އޮފީހުން ދޫކުރާ މައުލޫމާތު ފޯމް ފުރާ މީހުންނަށް ކަމަށް ވެސް އެ ޕްރޮވިންސުން ބުންޏެވެ.