01 Oct 2013, 13:44
ތިން ފުޅި ބަނގުރަލާ އެކު ޅ. ނައިފަރުން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުން ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ރޭ 9:45 ހާއިރު އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ފުޅި ފެނިފައި ވަނީ އެ މައްސަލައާ ގުޅިގެން އެމީހާ ދިރިއުޅެމުން ދިޔަ ގެ ބަލައި ފާސްކުރި އިރު އޭނާ ނިދާ ކޮޓަރިތެރެއިން ކަމަށެވެ.
ނައިފަރު ޕޮލިސް ސްޓޭޝަނުން އަންނަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.