01 Oct 2013, 12:42
ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލައި އާވާޒް ޑޮޓް ކޮމްގައި ވަނީ ޕެޓިޝަނެއް ވަނީ ތައްޔާރުކޮށްފަ އެވެ. އެ ޕެޓިޝަނުގައި ސޮއިކުރުމަށް އެދި އިދިކޮޅު ފަރާތްތަކުން ދަނީ އެކި މީހުންނަށް ލިންކް ފޮނުވަމުންނެވެ.
"ދިވެހިންނަށް އެމީހުންގެ ހައްގު އަނބުރާދީ އަދި އިންސާފުވެރި ރިޔާސީ އިންތިހާބަކާއި ޑިމޮކްރެޓިކް ޕްރޮސެސް ކަށަވަރު ކުރޭ،" މިހެން ލިޔެ ސޮއި ކުރަމުންދާ އެ ޕެޓިޝަނުގައި ޖަހާފައިވާ ފޮޓޯ އިން ފެންނަނީ ބާރުގެ ބޭނުންކޮށްގެން މީހަކު ހައްޔަރުކުރާ މަންޒަރެވެ.
ނަމަވެސް އެ ފޮޓޯއަކީ ގެ ނަމުގައި ކުރި މުޒާހަރާ ރޫޅާލި އިރު "ސަން"ގެ ފޮޓޯގްރާފަރު ނެގި ފޮޓޯއެކެވެ. ކަރުނަ ގޭސް ޖެހުމުން ވެސް އެ ސަރަހައްދު ދޫނުކޮށް، ބިން މަތީގައި އިށީންދެގެން ތިބި މީހުން ފުލުހުން އެރޭ "އުފުރާލީ" ބާރުގެ ބޭނުންކޮށްގެންނެވެ. ނަމަވެސް ޕެޓިޝަންގައި ޖަހާފައިވާ ފޮޓޯގައި ހައްޔަރު ކުރި މީހާގެ މޫނެއް ނުދައްކަ އެވެ.
http://www.sun.mv/albums/l_20403.jpg
ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީގެ އިސް ފަރާތްތަކުން ވަނީ ބައިނަލް އަގުވާމީ މީޑިއާތަކަށް ބަޔާންތައް ދެއްވާފަ އެވެ.
އެމްޑީޕީގެ ފަރާތުން އެކަމަށް ގޮވާލާފައި ވަނީ އެ ޕާޓީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލް ޣަފޫރެވެ.
އޭޖެންސެ ފްރާންސް ޕްރެސް (އޭއެފްޕީ) އަށް ދެއްވި އިންޓަވިއުއެއްގައި ހާމިދު ތުހުމަތުކުރައްވާފައި ވަނީ ރާއްޖޭގައި ޑިމޮކްރަސީ ހުއްޓުވުމަށް ބޭނުން ކުރަނީ ޓޫރިޒަމުން ލިބޭ އާމްދަނީ ކަމަށެވެ.
"ރާއްޖޭގައި ޑިމޮކްރަސީ ހުއްޓުވުމަށް ހަރަދުކުރަނީ ޓޫރިޒަމުން ލިބޭ ފައިދާ. ރާއްޖެ އަށް ޓޫރިސްޓުން އައުން މަނާކުރުމަށް އެހެން ގައުމުތަކުގައި އަޅުގަނޑުމެން އެދެނީ އެހެންވެ،" އޭއެފްޕީ އަށް ދެއްވި އިންޓަވިއުގައި ހާމިދު ވިދާޅުވި ކަމަށް ސްކައިނިއުސް ބުންޏެވެ.
ހާމިދު ވިދާޅުވެފައި ވަނީ އެމްޑީޕީން ކުރާ މުޒާހަރާތައް ރިޒޯޓްތަކާ ހިސާބަށް މިހާރު ފަތުރާލާފައިވާ ކަމަށެވެ.
ސްކައި ނިއުސްގެ ހަބަރުގައި އަދި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ވަކި މުއްދަތެއް ނެތި ލަސްކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ދެކޮޅަށް އަނަންތަރާގައި މުޒާހަރާ ކުރި ކަމަށެވެ. އަދި އެކަމަށް ރިޒޯޓްގެ މެނޭޖްމެންޓުން ހުރަސް ނާޅާ ކަމަށް އެ ރިޒޯޓްގެ އޮފިޝަލަކު ވިދާޅުވި ކަމަށް ބުނެފައިވެ އެވެ.
ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ، އަދި ރާއްޖެ އަށް ވަންނަ ބޭރު ފައިސާގެ ބޮޑުބައެއް ހިއްސާކުރާ ޓޫރިޒަމް ވިޔަފާރި ބޮއިކޮޓް ކުރުމަށް އެމްޑީޕީން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ގޮވާލި އެވެ. އަދި އެކަމުގެ ނުބައި އަސަރު ރާއްޖޭގެ ޓޫރިޒަމަށް އެކި ފަހަރު މަތިން ކުރި އެވެ. އެމްޑީޕީ އަށް ސަރުކާރުގެ ބާރުތައް ނޯންނަ ކޮންމެ ފަހަރަކު އެ ޕާޓީން ހަތިޔާރަކަށް ހަދަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އެވެ. އެ ގޮތުން މި ދިޔަ އަހަރުގެ ކުރީ ކޮޅު ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ އެކު އެ ފަހަރު ވެސް ގޮވަން ފެށީ ރާއްޖޭގެ އިގްތިސާދުގެ "މައިބަދަ"، ޓޫރިޒަމް ބޮއިކަޓް ކުރުމަށެވެ.
އެ ފަހަރު ޓޫރިޒަމަށް ދިން ގެއްލުމުން އަރައިގަނެވުނީ ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލުންނާއި އިންޑިސަޓްރީ ގުޅިގެން އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށް، އަދި އެތައް ކެމްޕޭނެއް ކޮށްގެނެވެ.