30 Sep 2013, 16:34
ކާނިވާ ސަރަހައްދުން ބިދޭސީއަކަށް ހަމަލަދީ ޒަޚަމްކޮށްލައިފި އެވެ.
މިއަދު ހަވީރު 4:00 އެހާކަންހާއިރު ކާނިވާ ސަރަހައްދުގައި ހިނގި އެ ހާދިސާގައި ޒަޚަމްވެފައި ވަނީ ބިދޭސީ މީހެކެވެ. އެ ހާދިސާގައި އެމީހާ އަށް މާބޮޑު އަނިޔާތަކެއް ނުވި ނަމަވެސް އޭނާގެ މޭމަތިން ޒަޚަމްތަކެއް ފެންނަން ހުރިތަން ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.
އެ ހާދިސާ ހިނގިތާ މާގިނައިރެއްނުވެ ސިފައިން ވަނީ އެތަނަށް ގޮސްފަ އެވެ. ސިފައިންނާ ވާހަކަ ދައްކަމުން ކަޓަރުން ހަމަލަދިން ދިވެހި މީހާ ބުނީ ބިދޭސީ މިހާގެ ގައިގައި ކަޓަރު އެޅީ ނޫން ކަމަށާއި އޭނާ ހުރާލި އަތުން އެޅުނީ ކަމަށެވެ.
ނަމަވެސް ސަންގެ ނޫސްވެރިންނަށް ވަނީ އެ ދެ މީހުން ޒުވާބުކުރި މަންޒަރު ފެނިފަ އެވެ.
ފުލުހުން ބުނީ ތޫނު އެއްޗަކުން ޒަޚަމްވި މީހަކަށް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.