30 Sep 2013, 15:26
ސްޕެނިޝް ލީގުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން 1-0 އިން ރެއާލް މެޑްރިޑް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބަލިވުމުން އެޒިންމާ ކޯޗު ކާލޯ އަންޗެލޮޓީގެ ބޮލުގައި އެޅުވެން ނެތް ކަމަށް ރެއާލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރޮނާލްޑޯ ބުނީ، މެޗަކުން ބަލިވިވުމުން، އެ ބައްޔެއްގެ ހުރިހާ ވެސް ޒިންމާ ކޯޗުގެ ބޮލުގައި އެޅުވެން ނޯންނާނެ ކަމަށާއި ފުޓްބޯޅަ އަކީ "ބަލިވުމާއި މޮޅުވުން" އެކުލެވިގެންވާ ފޯރިގަދަ ކުޅިވަރެއް ކަމަށެވެ.
"އަހަރުމެން ދުވަހު ހަމަ ބަލިވީ. އެދުވަހު ބަލިވުމުން އޭނގެ ޒިންމާ ކޯޗްގެ ބޮލުގައި ނޭޅުވޭނެ. އެޒިންމާ އަމާޒް ވަނީ އަހަރުމެންނަށް" ރޮނާލްޑޯ ބުންޏެވެ.
އެތުލެޓިކޯ މެޑްރިޑް އަތުން ހޮނިހިރު ދުވަހު ރެއާލް ބަލިވުމުން ލީގުގައި ރެއާލް އޮތީ 16 ޕޮއިންޓާއެކު ތިން ވަނަ މަގާމްގައެވެ. އެއް ވަނަ މަގާމްގައި 21 ޕޮއިންޓާ ހޯދައިގެން އޮތީ ބާސެލޯނާއެވެ. އަދި ހަމަ އެއަދަދަށް ޕޮއިންޓު ހޯދައިގެން ލީގުގެ ދެ ވަނަ މަގާމްގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ބާސައަށް ލީގުގެ ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.