10:00


ޏ. ފުވައްމުލަކަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޢުމުރުން18 އަހަރުން ދަށުގެ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ އެކުއްޖާ ހައްޔަރުކުރީ އައްޑު އަތޮޅުން ފުވައްމުލަކަށް ދިޔަ ލޯންޗަކުން މީހަކު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހޮނިހިރު ދުވަހުގެ ހަވީރު ފުވައްމުލަކު ބަނދަރަށް އެލޯންޗް ކައިރިކުރި ވަގުތުގައި ކަމަށެވެ.


މިމައްސަލައާއި ގުޅިގެން ފުލުހުންގެ ހައްޔަރުކޮށްފައިވާ އެ އެކުއްޖާގެ ހަށިގަނޑުބަލާފާސްކުރިކުރުމުން އެކުއްޖާ އަރައިގެން ހުރި ފައިވާނުގެ ދަށުގައިމަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 50 ރަބަރު ޕެކެޓާއި ބްލެޓް ސައިޒްގެ ތިން ރަބަރު ޕެކެޓް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.