ފުލުހެއްގެ މާބަނޑު އަންބެއްގެ ގައިގާ ސައިކަލަކުން ޖައްސައިފި އެވެ.

ފުލުހުން ބުނީ ބަނޑަށް އަށް މަހުގެ އަންހެން މީހާގައިގާ މިއަދު މެންދުރުގެ ވަގުތެއްގައި ސައިކަލަކުން ޖައްސާފައިވަނީ ތުއްތު ކުއްޖަކު ގޮވައިގެން ދަނިކޮށް ރޯޝަނީ މަގު ރެޑްވޭވް ކައިރިން ކަމަށެވެ.

ސައިކަލުން ޖެއްސުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި އެ އަންހެން މީހާ އަށް ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.