29 Sep 2013, 13:11
ގޯރާން ޕަންޑޭވް ފުރަތަމަ ހާފުގައި ޖަހައިދިން ދެލަނޑާއެކު 2-0 އިން ޖެނޯއާ އަތުން މޮޅުވެ ނަޕޯލީ އީޓާލިއަން ލީގުގެ ކުރި ހޯދައިފި އެވެ.
ނަޕޯލީ އަށް ލީގު ތާވަލުގެ ކުރި ލިބެނީ، އެޓީމު ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ހޯދި 16 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ދެ ވަނައިގައި އޮތް ރޯމާއަށް 15 ޕޮއިންޓު ލިބިފައިވާއިރު މިރޭ ބޮލޮނާއާ ދެކޮޅަށް ކުޅޭ މެޗުން ރޯމާ މޮޅުވެއްޖެ ނަމަ އެޓީމަށް ތާވަލުގެ ކުރި ހޯދޭނެ އެވެ.
ރޭގެ މެޗުގައި ނަޕޯލީގެ މަސެޑޯނިއާ ފޯވާޑް މެޗުގެ 14 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް ނަޕޯލީއަށް ކުރިހޯދައިދިންއިރު ދެވަނަ ލަނޑު ކާމިޔާބުކޮށް ނަތީޖާ ފުޅާކޮށްދިނީ މެޗުގެ 25 ވަނަ މިނިޓުގަ އެވެ.
ލީގުގައި ޖެނޯއާ މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައިވާއިރު މި ސީޒަނަކީ ވޭތުވެ ދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ސީޒަންގެ ކުރީކޮޅު އެޓީމު އެންމެ ދަށްކޮށް ފެނިގެން ދިޔަ މެޗެވެ. ލީގު ތާވަލުގައި އެޓީމު އޮތީ ހަތަރު ޕޮއިންޓާއެކު 14 ވަނައިގަ އެވެ.