28 Sep 2013, 11:15
އިޓާލިއަން ލީގުގައި މިދިޔަ އާދިއްތަ ދުވަހު ނަޕޯލީ އަތުން އޭސީ މިލާން 2-1 އިން ބަލިވި މެޗަށް ފަހު ކުޅިވަރުގެ ރޫހާ ހިލާފަށް ރެފްރީއާ ދިމާކޮށް ބޭއަދަބީ ބަހުން މުހާތަބުކުރުމުން އޭސީ މިލާންގެ އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީ އަށް ދެއްކި ރަތްކާޑާ ގުޅިގެން އޭނާ މައާފަށް އެދިއްޖެ އެވެ.
އެމެޗުގައި ބަލޮޓެލީ އަށް ރަތް ކާޑު ދެއްކުމުގެ އިތުރުން، ތިން މެޗަށް އޭނަ އިޓަލީގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ސަސްޕެންޑްކޮސްފަ އެވެ. އެ މެޗުގައި މިލާނުގެ ހަމައެކަނި ލަނޑު ޖެހައި ދިނީ ވެސް ބަލޮޓެލީ އެވެ.
އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބަލޮޓެލީއަށް ކުރިމަތިވެފައިވާ ސަސްޕެންޝަން ކުޑަކުރުމަށް އޭސީ މިލާންގެ އިސްވެރިން މިހާރު ވަނި މަސައްކަތް ފަށާފަ އެވެ. އެހެން ކަމުން ބަލޮޓެލީގެ ސަސްޕެންޝަން ދެ މެޗަށް ކުޑަކުރެވޭނެ ކަމަށް ވެސް ރިޕޯޓްތަކުން ބުނެ އެވެ.
ނަޕޯލީ އަތުން އޭސީ މިލާން ބަލިވި މެޗަށް ފަހު ރެފްރީ، ބަލޮޓެލީއަށް ރަތް ކާޑު ދެއްކީ ނަޕޯލީގެ ކުޅުންތެރިއަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ސަބަބުންނެވެ. އަދި ބަލޮޓެލީގެ އިތުރުން ރެފްރީ ވަނީ ބަލޮޓެލީއާ އެކު ހަމަނުޖެހުން ހިންގި ކުޅުންތެރިޔާއަސް ވެސް ރަތް ކާޑު ދައްކާފަ އެވެ.
ބަލޮޓެލީ ރެފްރީއާ ދިމާކޮށްފައި ވަނީ މެޗުގައި ނަޕޮޅީގެ ކުޅުންތެރިން ކުރި ފައުލްތަކާ ރެފްރީ މާބޮޑު އަޅާލުމެއް ދީފައި ނުވާތީވެ ކަމަށްވީ އިރު، މެޗުގައި ބަލޮޓެލީ އަށް ލިބުނު ޕެނަލްޓީ ވެސް އޭނަ އަށް ވަނީ ކާމިޔާބު ނުކުރެވި އެވެ.
އެދު ވަހުގެ މެޗުގައި ބަލޮޓެލީ އަށް ކުރި ސަސްޕެންޝަނުގެ ސަބަބުން އޭނައަށް އިޓާލިއަން ލީގުގައި ބޮލޮނާ އާއި ސަމްޕްޑޯރިއާ އަދި ޗެމްޕިއަން ޔުވެންޓަސްއާ ދެކޮޅަށް ނުކުޅެވޭނެ އެވެ.