24 Nov 2010, 08:37
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ފަސް އަހަރަށް އިތުރު ކުރުމަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ފާހެއް ނުވި އެވެ.
ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ހުށަހެޅި އިސްލާހު ފާސް ކުރުމަށް ވޯޓް ދެއްވާފައި ވަނީ 40 މެންބަރުންނެވެ. ފަނަރަ މެންބަރުން ވިދާޅުވީ އެ އިސްލާހު ގެނެއުމަށް ތާއީދު ނެތް ކަމަށެވެ. އަދި ދެ ބޭފުޅުން ވަކި ކޮޅަކަށް ވޯޓެއް ނުދެއްވި އެވެ.
ގާނޫނު އަސާސީ އަށް އިސްލާހު ގެނެވޭނީ، ގާނޫނު އަސާސީ ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެންބަރުން ވޯޓް ދީގެންނެވެ. މިއަދުގެ ޖަލްސާގައި އެ މައްސަލަ އަށް ވޯޓަށް އެއްސެވި އިރު ތިއްބެވީ، ރިއާސަތާ އެކު، 58 މެންބަރުންނެވެ.