ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ހަވީރު ނޫހުގެ ކެމެރާމޭން ދޫކޮށްލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިއްޖެ އެވެ.

މީޑިއާ ކައުންސިލްގެ ރައީސް ހުޝާމް މުހައްމަދު މިރޭ ވިދާޅުވީ މިއަދު ހަވީރު އެމްޑީޕީން ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މީހުން ހައްޔަރު ކުރި ވަގުތު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ހަވީރު ނޫހުގެ ކެމެރާ މޭން މުހައްމަދު ސާޖިދު ދޫކޮށްލުމަށް އެ ކައުންސިލުން މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިފައިވާނެ ކަމަށެވެ.

ނޫސްވެރީންގެ ޒިންމާ އަށް އެއްވެސް ފަރާތަކުން ހުރަސްނޭޅުމަށާއި އަދި ޒިންމާދާރުކަމާ އެކު ޚަބަރު ފެތުރުމަށް މިޑިއާތަކަށް ހުޝާމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.