Last Updated: 1 decade 2 year ago
ހައި ކޮމިޝަނަރު ކުއްލި ގޮތަކަށް ހައި ކޮމިޝަނަށް ވަޑައިގަތީ އެ ކޮމިޝަންގެ ބައްދަލުވުމެއް ހިނގަމުން ދަނިކޮށެވެ. '
އިލެކްޝަންސް ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔަކު ބުނީ ރަޖީވް ސަހާރޭ އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތް އިރު ނޫސްވެރިންނަށް ފެނިގެން ސުވާލު ކުރުމުން ވަކި ޖަވާބެއް ނުދެއްވާ ކަމަށެވެ.
އޭނާ ވަޑައިގަތީ އޭނާގެ ރަސްމީ ކާރުގަ އެވެ. ނަމަވެސް ފަހުން ވަނީ ކާރުގެ ދިދަ ނަގައިފަ އެވެ.
ސަންގެ ޖާނަލިސްޓް ބުނީ ރަޖީވު ސަހާރޭގެ އިތުރަށް ކޮމަންވެލްތުގެ ހަތަރު އޮފިޝަލަކު ވެސް ދެންމެ އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމު އަބްދުއްސައްތާރު ދެންމެ މީޑިއާ އަށް ވިދާޅުވީ އެ ކޮމިޝަނުން އަދި މާދަމާ އިންތިހާބު ބޭއްވުމަށް ވެސް ނުބާއްވަން ވެސް ނިންމާފައި ނުވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އެގޮތަށް އިއުލާން ކުރީ އެ ކޮމިޝަންގެ ގާނޫނީ ވަކީލުންނާ އެކު ކޮމިޝަންގެ މެންބަރުން މިއަދު ހަވީރު ބޭއްވި ބައްދަލުވުމަށް ފަހު މިރެ އެވެ. އެ އިއުލާން އާންމު ކުރުމުގެ ކުރިން އިންޑީއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާޖީވް ސަހާރޭ ވަނީ އިލެކްޝަންސް ކޮމިޝަނަށް ޒިޔާރަތް ކުރައްވައިފަ އެވެ. އަދި އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތުގެ ހަތަރު އޮފިޝަލަކު ވެސް ވަނީ ކޮމިޝަންގެ މެންބަރުންނާ ބައްދަލު ކުރައްވައިފަ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު މާދަމާ ނޯންނާނެ ކަމަށް ބުނެ، އެ ކޮމިޝަނުން ނެރުނު އިއުލާންގައި ބުނެފައި ވަނީ އިންތިހާބަށް ވޯޓުލުމަށް އިންތިޒާމް ކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ކުރާ ނަމަ އެކަން ވަގުތުން ހުއްޓާލުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި އިންސާފުވެރިކަމާ އެކު ބިރުވެރިކަމެއް ބިރުދެއްކުމެއް ތަޅާފޮޅުމެއް ނުފޫޒެއް ނެތި މިނިވަންކަމާ އެކު އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތް ކަމަށް ކަމަށެވެ.
"..އިންސާފުވެރިކަމާއި ބިރުވެރިކަމެއް ބިރުދެއްކުމެއް ތަޅާފުފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާ އެކު ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުމަކީ މި ކޮމިޝަންގެ ގާނޫނީ މަސްއޫލިއްޔަތެއް ކަމަށް ވީހިނދު، އެފަދަ މާހައުލެއް ދިވެހި ރާއްޖޭގައި މި ވަގުތު އޮތް ކަމަށް މި ކޮމިޝަނުން ނުދެކެމެވެ." އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާންގައި ބުނެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އެ އިއުލާން ނެރުމުގެ ކުރިން ފުލުހުން ވަނީ ސުޕްރީމް ކޯޓުން ސަލަމާތީ ބާރުތަކުގެ މައްޗަށް ކުރި އަމުރު ތަންފީޒު ކުރުމަށް ޓަކައި ކުރާނެ ކަންތައްތައް އާންމުކޮށް އަންގައިފަ އެވެ. އެ އެންގުމުގައިވާ ގޮތުން މާދަމާ އިންތިހާބު ބާއްވަން އުޅެފި ނަމަ އިލެކްޝަންސްގެ މައި އޮފީހަށާއި ވޯޓު ކަރުދާހާއި ވޯޓު ފޮށި ބަހައްޓާފައި ހުރި ތަންތަނުގެ ސަލަމަތީ ކަންކަން ބެލެއްޓުމާ ފުލުހުން ހަވާލުވާނެ ކަމަށެވެ. އަދި އެތަންތަނުގެ އެކްސެސް ކޮންޓްރޯލް ކުރުމާއި އެތަންތަނުގައިވާ ތަކެތި ވޯޓުލުމަށް ޓަކައި އެއްވެސް ތަނަކަށް ނުގެންދެވޭނެ ކަމަށް ފުލުހުންގެ އެންގުމުގައިވެ އެވެ.
އިންސާފުވެރިކަމާއެކު، ބިރުވެރި ކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުމަކީ މި ކޮމިޝަންގެ ގާނޫނީ މަސްއޫލިއްޔަތެއް ކަމަށް ވީހިނދު، އެފަދަ މާހައުލެއް ދިވެހިރާއްޖޭގައި މި ވަގުތު އޮތް ކަމަށް މި ކޮމިޝަނުން ނުދެކެމެވެ،