26 Sep 2013, 18:10
ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުން 15ރ. ހޭދަކޮށްގެން ދިރާގުގެ ކޮންމެ ނަމްބަރަކަށް ވެސް ހިލޭ ބޭނުން ވަރަކަށް ގުޅޭ ޕެކޭޖެއް ދިރާގުން ތައާރަފްކޮށްފި އެވެ.
ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު އެގްޒެކެޓިވް އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ "ޑެއިލީ އަންލިމިޓަޑް ވޮއިސް އެޑްއޮން"ގެ ނަމުގައި މިއަދު ތައާރަފްކުރި އެ ޕެކޭޖު އިން ދިރާގުގެ ޕުރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ޕުރިޕެއިޑް ސުޓޭންޑާޑް ޕުލޭން އާއި ހައި ވައިވް ޕްލޭންގެ އިތުރުން ޕްރިޕެއިޑް ޕްލަސް ޕުލޭން ބޭނުން ކުރައްވާ ފަރާތްތަކަށް 15ރ. ހޭދަ ކޮށްގެން ދިރާގުގެ ނަމްބަރުތަކަށް 24 ގަޑިއިރުވަންދެން ހިލޭ ގުޅާލެވޭނެ ކަމަށެވެ.
އިމްޖާދު ވިދާޅުވީ އެހިދުމަތް ބޭނުންވާ ފަރާތްތަކުން 15 ADD VOICE ޖެހުމަށް ފަހު 343 އަށް އެސްއެމްއެސް ކުރުމުން އެހިދުމަތް ލިބިގެންދާނެ ކަމަށެވެ.
އިމްޖާދު ވިދާޅުވީ އެ ޕެކޭޖަކީ ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ކުޑަ ހަރަދަކުން ގުޅާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.