މިނިކާ ވަގު ހިމެނެނީ އިންސާނުން އެންމެ ބިރު ގަންނަ ޖަނަވާރުތަކުގެ ލިސްޓުގަ އެވެ. ނަމަވެސް ބްރެޒިލްގެ އޭރީ ބޯޖެސް އަށް އެކަން އޮތީ އެހެންނެއް ނޫނެވެ. ޖަނަވާރުން ދެކެ ލޯބިވާ ބޯޖެސް އޭނާގެ "ޕެޓް" އެއްގެ ގޮތުގައި އޮޅުކޮށްގެން ގެންގުޅެނީ ކުއްތާއެއް، ބުޅަލެއް އަދި ގުރައެއް ވެސް ނޫނެވެ. އެނާ ގެންގުޅެނީ ހަތް މިނިކާވަގެވެ.

ތިންކުދިންގެ ބައްޕައެއް ކަމަށްވާ ބޯޖެސް ގަބޫލްކުރާގޮތުގައި ބަރުމިނުގައި 35 ސްޓޯން ހުންނަ އެޖަނަވާރުތަކާއި ކައިރިވުމަކީ ނުރައްކާތެރި ކަމެއް ނޫނެވެ. އަދި އެކަން ސާބިތު ކުރުމަށް އެ މިނިކާވަގުތައް އޭނާގެ ގޭގައި ހުންނަ ސްވިމިންގް ޕޫލްގަ އާއި ޕާކުގައި ކުޅެން ދޫކުރެ އެވެ. އަދި އޭނާގެ ކުޑަ ކާފަދަރިފުޅު މިނިކާވަގުގެ ބުރަކަށި މައްޗަށް އަރުވައިގެން ދުއްވަން ވެސް ހުއްދަ ދެ އެވެ.
http://www.sun.mv/albums/l_20333.jpg
އިނިގިރޭސިވިލާތުގެ ޑެއިލީ މެއިލް އަށް ބޯޖަސް ކިޔައިދީފައިވާ ގޮތުގައި އޭނާ ވަނީ މީގެ ދެއަހަރު ކުރިން ސާކަސް އަކުން ދެ މިނިކާވަގު ސަލާމަތް ކޮށްދީފަ އެވެ. އަދި އޭގެ ފަހުން އެމިނިކަވަގުންތަށް ރައްކާތެރި ކަމާއި އެކު ބެލެހެއްޓުމަށް އޭނާ ހާއްސަ އިންތިޒާމުތަކެއް އޭނާ ދިރިއުޅޭ ގޭގައި ހަމަޖެއްސައި އެއްޗެހި ގެންގުޅެމުން ދިޔަ އެވެ. އަދި އެޔަށް ލިބުން ދަރިން ވެސް އެފަދައިން ބަލަމުން ދެއެވެ.

އެހެންނަމަ ވެސް ހުއްދަނެތި އެމަސައްކަތް ކުރުމުގެ ސަބަބުން ކަމާބެހޭފަރާތްތަކުން ދަނީ ބޯޖަސްގެ މަސައްކަތައް ހުރަސް އަޅަމުންނެވެ. ބޯޖަސް ބުނީ އެމަސައްކަތް ކުރުމަށް ހުއްދަ ލިބޭތޯ އޭނާ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހުއްދަ ލިބިއްޖެނަމަ އިތުރު މިނިކާވަގު ގެނެސް އެއްޗެހި ބޮޑު ވަންދެން ބަލާނެ ކަމަށް ބުނެފައިވެ އެވެ.
http://www.sun.mv/albums/l_20337.jpg
ބޯޖަސް ބުނީ މިހާރު ދުނިޔެއިން ގިނައިން ފެންނަނީ ދިރިހުރި މިނިކާވަގަށް ވުރެ މަރުވެފައި ތިބި މިނިކާވަގު ކަމަށާއި މިނިކާވަގު އަދަދު ދުވަހުން ދުވަހަށް ދަނީ މަދު ވަމުން ކަމަށެވެ. އަދި އެފަދައިން ކަންތައްވަނީ މިނިކާވަގު ފަދަ ޖަނަވާރުންނާއި ދޭތެރޭ ދެކޭ ގޮތުން ކަމަށެވެ.

އޭނާ ބުނީ މިނިކާވަގަކަށް ވިޔަސް ލޯތްބާއި އަޅާލުން ދީފިނަމަ އޭގެން އެއްވެސް ގެއްލުމުއް ނުލިބި ގެންގުޅެވޭނެ ކަމަށެވެ.
http://www.sun.mv/albums/l_20335.jpg