ލޮލުގެ ބަލިތަކާ ބެހޭ އިޒުރޭލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމެއް އައިޖީއެމްއެޗްގައި އަންނަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ހަފްތާއެއް ވަންދެން ބަލިމީހުން ބަލާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.


އައިޖީއެމްއެޗުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ލޮލުގެ ފަރުވާ ހޯދަމުން އަންނަ ބަލިމީހުންގެ ތެރެއިން އެ ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންވާ ބަލިމީހުން އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރުމަށެވެ.


އައިޖީއެމްއެޗްގެ ބަޔާނުގައި ވަނީ އިޒްރޭލުގެ ލޮލުގެ ޑޮކްޓަރުންގެ ޓީމަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން މި މަހު 5 އަދި 6 ގައި ސްކްރީން ކުރުން އޮންނާނެ ކަމަށެވެ. އައިޖީއެމްއެޗުން ބުނީ ސްކްރީން ކުރަން ދާއިރު ދިގު މުއްދަތަކަށް ބައްޔަކަށް ބޭސްކުރަމުން އަންނަ ނަމަ އެކަމާ ބެހޭ ލިޔެކިއުންތައް ނުވަތަ ބޭނުން ކުރަމުން ގެންދާ ބޭސްތައް ގެންދިއުމަށް އެދޭ ކަމަށެވެ.