ލީގު ކަޕްގެ ހަތަރުވަނަ ބުރުގައި އާސެނަލްއަށް ޗެލްސީ އަދި މެންޗެސްޓާ ޔުނައިޑެޓަށް ނޯވިޗް ސިޓީ ލައްވައިލައިފި އެވެ.

ވެސްޓްބްރޮމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 61 ވަނަ މިނިޓުގައި އާސެނަލްގެ ޖަރުމަން މިޑްފީލްޑަރު ތޯމަސް އެއިސްފެލްޑް ލަނޑެއް ކާމިޔާބުކޮށްފައި ވަނިކޮށް އޭގެ 10 މިނިޓު ފަހުން ވެސްޓްބްރޮމްގެ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ސައިޑޯ ބްރަހިނޯ އެވެ.

މެޗުގެ ފުރިހަމަ ވަގުތުހަމަވެ އިތުރު ވަގުތު ކުޅެގެންވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖަހައިގެން އާސެނަލް މޮޅުވީ 4-3 އިން ނެވެ.

އޯގަސްޓް 28ގައި އެމިރޭޓްސްގައި ކުޅުމަށް ހަމަޖެހިފައިވާ ހަތަރު ވަނަބުރުގެ މެޗުން ޗެލްސީ ޖާގަ ހޯދީ އަންގާރަ ދުވަހުގެ ރޭ ސްވިންޑަން ޓައުން 2-0 އިން ބަލިކޮށްފަ އެވެ.

ލިވަޕޫލް އަތުން 1-0 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް ހަތަރުވަނަ ބުރުން ޖާގަ ހޯދާފައިވާއިރު އޯލްޑް ޓްރަފޮޑްގައި ކުޅެން ހަމަޖެހިފައިވާ ހަތަރުވަނަބުރުގެ މެޗަށް އެޓީމާ ދެކޮޅަށް ނުކުންނަ ނޯވިޗް ސިޓީ ހަތަރުވަނަ ބުރުން ޖާގަ ހޯދީ އަންގާރަ ދުވަހުގެ ރޭ ވޮޓްފޯޑް އަތުން 2-3 އިން މޮޅުވެގެންނެވެ.

ލީގު ކަޕްގެ ހަތަރުވަނަ ބުރުގެ މެޗުތައް އަންނަ މަހު 28ގައި ކުޅެން ހަމަޖެހިފައިވާއިރު ސަންޑަލޭންޑާ ދެކޮޅަށް ކުޅޭނީ ސައުތުހެމްޕްޓަން އެވެ. ލެއިސެސްޓާއާ ދެކޮޅަށް ފުލަމް ކުޅޭއިރު ސްޓޯކް ސިޓީ ނުކުންނާނީ ބާމިންހަމްއާ ދެކޮޅަށެވެ. ބާންލީއާއި ވެސްޓްހަމް، އަދި ޓޮޓެންހަމްއާއި ހަލްސިޓީ ވާދަކުރާއިރު މެންޗެސްޓާ ސިޓީ ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑްއާ ދެކޮޅަށެވެ.