އައްޑޫ ސިޓީގައި ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ފައި ބިނދިއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 10:15 އެހައިކަންހާއިރު ކޮންވެންޝަން ސެންޓަރާ ދިމާލުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެއްސުމަށް ފަހު، އެ އަމަލު ހިންގި މީހާ އަނެއް ސައިކަލްގައި ފިލާފައިވާ ކަމަށެވެ. އެ ސައިކަލް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އައްޑޫ ސިޓީ ހިތަދޫން ވާހަކަދެއްކި މީހަކު ބުނީ އެކްސިޑެންޓްވި ސައިކަލްގައި ތިބި ދެ މީހުންގެ ތެރެއިން އެ ސައިކަލް ދިއްވަން އިން މީހާގެ ފައި ބިންދައިގެން ގޮސްފައި ވާތީ ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި އޭނާ އަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.