24 Nov 2010, 05:26
ތ. ކިނބިދޫ ގެއަކުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކުރީ، ގާތްގަނޑަކަށް 12000ރ. ގެ ޓީވީ އަކާއި ސީޕީޔޫއަކާއި ދެ މޯބައިލް ފޯނާއި އެހެނިހެން ބައެއް އިލެކްޓްރޯނިކް ސާމާނު ކިނބިދޫގެ ގެއަކުން ވަގަށް ނަގާފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ބުނީ ކިނބިދޫ ގެއަކުން ވަގަށް ނަގާފައިވާ ޓީވީ ފެނިފައި ވަނީ ކިނބިދޫ ކައިރީ އޮންނަ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައި ކަމަށެވެ.
އަދި އެގެއިން ވަގަށް ނަގާފައިވާ ސީޕީޔޫއާއި ދެ މޯބައިލް ފޯނާއި އެހެނިހެން ބައެއް ސާމާނުތައް ފެނިފައި ވަނީ އެ ވައްކަމާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވިގެން ފުލުހުން ޗެކްކުރި ކިނބިދޫގެ ގެއެއްގެ ތެރެއިން ކަމަށެވެ.